ވޯލްޑް ކަޕްގެ ސެމީފައިނަލްގައި ރޭ ބެލްޖިއަމްގެ މައްޗަށް 0-1 އިން ފްރާންސް އިން ހޯދި މޮޅު، ތައިލޭންޑުގެ ހޮހޮޅައެއްގައި ތާށިވެފައި ތިއްބާ ސަލާމަތްކުރި ކުދިންނަށް، ފްރާންސްގެ މިޑްފީލްޑަރު ޕޯލް ޕޮގްބާ ހާއްސަކޮށްފިއެވެ.
ރޭގެ މެޗުން މޮޅުވެ މުބާރާތުގެ ފައިނަލަށް ފްރާންސް ދަތުރުކޮށްފައިވާއިރު، މެޗަށްފަހު ޕޮގްބާ ކުރި ޓްވީޓެއްގައި ބުނީ މި މޮޅު ހާއްސަކުރާނީ ހޮހޮޅައިގައި ތާށިވެފައި ތިއްބާ ސަލާމަތްވި 12 ކުދިންނަށް ކަމަށާއި އިއްޔެގެ ހަގީގީ "ހީރޯ" އިންނަކީ އެ ކުދިން ކަމަށެވެ. އަދި އެ ކުދިންގެ ކުރި ހިތްވަރަށް ވެސް ޕޮގްބާ ވަނީ ތައުރީފުކޮށްފައެވެ.
This victory goes to the heroes of the day, well done boys, you are so strong 🙏🏾 #thaicaverescue #chiangrai pic.twitter.com/05wysCSuVy
— Paul Pogba (@paulpogba) July 10, 2018
ހޮހޮޅައިގައި ތާށިވި ކުދިންނަކީ ތައިލޭންޑުގެ "ވައިލްޑް ބޯރ" ނަމަކަށް ކިޔާ ފުޓްބޯޅަ ޓީމަކަށް ނިސްބަތްވާ ކުދިންތަކެކެވެ. އެ ކުދިންނާއެކު އެޓީމުގެ ކޯޗުވެސް ހޮހޮޅައިގެ ތެރޭގައި ތާށިވިއެވެ.
ތައިލެންޑުގެ އުތުރުގެ ޝިއަންގ ރާއީ ސަރަޙައްދުގައި ހުންނަ ތަމް ލުއަންގ ހޮހޮޅައިގައި މި އެންމެން ތާށިވެފައިވަނީ މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ. މައުލޫމާތު ލިބޭ ގޮތުގައި ފުޓުބޯޅަ ޓީމުގެ 12 ކުޅުންތެރިންނާ ކޯޗު، އެތަނަށް ގޮސްފައިވަނީ ހޮހޮޅަތެރެ ބަލާލުމަށެވެ. އެތަނުގައި އެކުދިން ތާށިވެފައިވަނީ ބޯކޮށް ވާރޭވެހި، ހޮހޮޅައިގެ ބޭރުގައި ފެންބޮޑުވުމާ ގުޅިގެންނެވެ.
ފުޓުބޯޅަ ޓީމު ގެއްލިފައިވާކަން އެނގުނު ހިސާބުން ފެށިގެން، ތައިލެންޑްގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ އެކަމަށް އިޖާބަ ދީފައެވެ. އަދި، ދިރިހުއްޓާ އެމީހުން ސަލާމަތް ކުރެވޭތޯ، ކުރެވެން ހުރި ހުރިހާ މަސައްކަތެއް، އެފަރާތުން ދިޔައީ ކުރަމުންނެވެ.
އިއްޔެ ހުރިހާ ކުދިންނާއި ކޯޗު ސަލާމަތްކޮށްފައިވާއިރު، ފުރަތަމަ ހަތަރު ކުދިން ސަލާމަތްކޮށްފައިވަނީ އާދީއްތަ ދުވަހުއެވެ. ހަމައެހެންމެ، ހޯމަ ދުވަހުވެސް ވަނީ އިތުރު ހަތަރު ކުއްޖަކު ސަލާމަތްކޮށްފައެވެ.
ކުދިން ސަލާމަތްކުރުމުގެ މަސައްކަތުގައި ޖުމުލަ 1000 ޚިދުމަތްތެރިންނާއި 90 ޑައިވަރުން ހަރަކާތްތެރިވެފައިވެއެވެ. 1000 ޚިދުމަތްތެރިންގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާއި ޞިއްޙީ އެހީތެރިން އަދި ތަރުޖަމާނުންނާއި ކައްކާއިން އަދި ޑްރައިވަރުންވެސް ހިމެނެއެވެ.
ހޮހޮޅައިން ކޮންމެ ކުއްޖަކުވެސް ސަލާމަތް ކުރެވިފައިވާއިރު، ކޮންމެ ކުއްޖަކުވެސް ފުރަތަމަ ގެންދަނީ ހޮހޮޅައިގެ ބޭރުގައި ހުންނަ ފީލްޑް ހޮސްޕިޓަލަކަށެވެ. ފީލްޑް ހޮސްޕިޓަލުގައި ފުރަތަމަ ބެލުންތައް ބެލުމަށްފަހު، ފުރަތަމަ އެހީ ފޯރުކޮށްދެއެވެ. އެއަށްފަހު ޝިއަންގ ރާއީ ހޮސްޕިޓަލަށް ގެންގޮސް، ފަރުވާގެ ކަންކަން ރަނގަޅަށް ފައްޓައެވެ.
ކޮންމެ ކުއްޖެއްގެވެސް ތަހުލީލުތަކެއް ކުރާއިރު، މިހާރު ބެލި އަށް ކުދިންގެ ތެރެއިން ދެ ކުއްޖަކު ނިއުމޯނިޔާ އަށް ޕޮޒިޓިވް ވެފައިވާކަމަށް މައުލޫމާތު ލިބޭއިރު، ހަ ކުއްޖަކުވަނީ ހައިޕޮތާމިޔާ އަށް ޕޮޒިޓިވް ވެފައެވެ.
މިއީ ދުނިޔޭގެ ތާރީޚުގައިވެސް ކުރިއަށް ގެންގޮސްފައިވާ އެންމެ ނުރައްކާތެރި އެއް ރެސްކިއު އޮޕަރޭޝަނެވެ.
ތައިރީފް ހައްގުވާ އެންމެ މުހިންމޔ ފަރާތަކީ ހެއްދެވި ފަރާތް. ދެން އެކުދިން ހޯދަން އެހާ އަޑިއަސް 4 ކިލޯމީތަރަސް ޑައިވް ކުރި މީހާ އެހިސާބަސް ބިރެއްނެތި ދިޔަ ކަން.
ރޭގެ މޮޅު އަހަރެން ހަދިޔާ ކުރާނީ ރައީސް ޔާމީނަށް...އައި ލަވް ޔޫ ސާރ
?????