އިނގިރޭސި ތިން ވަނަ ޑިވިޝަނުގެ ކޭމްބްރިޖް ޔުނައިޓެޑު އަތުން ބަލިވެ އިނގިރޭސި އެފްއޭ ކަޕުން ނިއުކާސަލް ޔުނައިޓެޑު ކަޓައިފިއެވެ.

މި މެޗުން ނިއުކާސަލް ބަލިވެފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. ނިއުކާސަލް ކެޓި މި މެޗުގަައި އެ ޓީމާއި އަލަށް ގުޅުނު ޓްރިޕިއާ ވަނީ ކުޅެފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ނިއުކާސަލް އިން ފަބިއަން ޝެއާ ލަނޑެއް ޖެހި ނަމަވެސް ރެފްރީ ވަނީ އެއީ އޮފްސައިޑު ލަނޑެއްގެ ގޮތުގައި ނިންމާފައެވެ.

ކެމްބްރިޖް އިން މި މެޗުގައި ކާމިިޔާބުކުރި ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗުގެ 56 ވަނަ މިނެޓުގެ ތެރޭގައެވެ. މިއީ ޖޯ އިއޮންސައިޑް ކާމިޔާބުކުރި ލަނޑެކެވެ. އޭގެފަހުން ކެމްބްރިޖުގެ ޖެކް ވެސް ލަނޑެއް ޖެހިއެވެ. ނަމަވެސް ރެފްރީ ނިންމީ އެއީ އޮފްސައިޑު ލަނޑެއް ކަމުގައެވެ.

މިއީ ކެމްބްރިޖް ޓީމުގެ ތާރީހުގައި ވެސް ރަށުން ބޭރުގައި އިނގިރޭސި ފުރަތަމަ ޑިވިޝަނުގެ ޓީމެއް އަތުން ހޯދި ފުރަތަމަ މޮޅެވެ. އަދި މިއީ ކުލަބަށް ވެސް ލިބުނު ބޮޑު ކާމިޔާބީއެކެވެ.

މީގެއިތުރުން އެފްއޭ ކަޕުގައި ރޭ ޗެލްސީ ވަނީ 5-1 އިން ފަސް ވަނަ ޑިވިޝަނުގެ ޗެސްޓާފީލްޑް އަތުން މޮޅުވެފައެވެ

ޗެލްސީން މި މެޗުގެ ފުރަތަމަ ހާފުގައި ވެސް ހަތަރު ލަނޑު ޖެހިއެވެ. މި ލަނޑުތައް ޖެހީ ޓިމޯ ވާނާ، ކަލުމް ހަޑްސަން އޮޑޯއި، ރޮމެލޫ ލުކާކޫ އަދި ކްރިސްޓެންސެން އެވެ. ދެވަނަ ހާފުގައި ޗެލްސީގެ ފަސްވަނަ ލަނޑު ޖަހައިދިނީ ޕެނަލްޓީއަކުން ހަކީމް ޒިޔެޗް އެވެ.