ފަހަތުން އަރާ އިންގްލޭންޑް 1-2 އިން ބަލިކުރުމަށްފަހު ވޯލްޑް ކަޕްގެ ފައިނަލަށް ކްރޮއޭޝިއާ ދަތުރުކޮށްފިއެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފްގައި އިންގްލޭންޑްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މެޗުގެ ފަސްވަނަ މިނެޓްގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. ކްރޮއޭޝިއާގެ ޕެނަލްޓީ އޭރިއާ ކައިރިން ލިބުނު ހިލޭޖެހުމަކުން މި ގޯލު އިންގްލޭންޑަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ކެވިން ޓްރިޕިޔާއެވެ.

މި ގޯލަށްފަހު ވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ގޯލްޖަހާނެ ރަނގަޅު ފުރުސަތެއް އިންގްލޭންޑްގެ ކެޕްޓަން ހެރީ ކޭން އަދި ޖެސީ ލިންގާޑަށް ވަނީ ލިބިގެން ގޮސްފައެވެ. އެގޮތުން ކްރޮއޭޝިއާގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ކޭން ފޮނުވާލި ހަމަލާ ކްރޮއޭޝިއާގެ ކީޕަރު ސުބަސިޗް ދިފާއުކުރިއިރު ކްރޮއޭޝިއާގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ފުދޭ ވަރަކަށް ހުހަށް ހުރެ ލިންގާޑް ފޮނުވާލި ހަމަލާ ދިޔައީ ގޯލާއި އަމާޒުނުވޭ ބޭރަށެވެ.

ޓްރިޕިޔާ ގޯލަށްފަހު އުފާފާޅުކުރަނީ - ފޮޓ: އޭއެފްޕީ

މި ހާފުގައި ކްރޮއޭޝިއާ އަށް އިންގްލޭންޑްގެ ގޯލަށް މާ ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ.

ނަމަވެސް ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި ކްރޮއޭޝިއާ އިން ކުޅުން ވަރަށް ބޮޑަށް ރަނގަޅުކުރިއިރު މި ހާފުގައި އެޓީމުން ދިޔައީ އިންގްލޭންޑްގެ ޑިފެންސްލައިނަށް ބާރުބޮޑު ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 68 ވަނަ މިނެޓްގައި އިވާން ޕެރިސިޗް ވަނީ ކްރޮއޭޝިއާ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި ގޯލު ޕެރިސިޗް ކާމިޔާބުކުރީ ވިސަލްކޯ ނަގައިދިން ހުރަހަކުން އިންގްލޭންޑްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

މި ގޯލު ކާމިޔާބުކުރިތާ މާގިނަ އިރުތަކެއް ނުވަނީސް ޕެރިސިޗް އަށް ވަނީ ކްރޮއޭޝިއާ އަށް ލީޑު ނަގައިދޭން ވެސް ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް އިންގްލޭންޑްގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަނުމަށްފަހު ޕެރިސިޗް ފޮނުވާލި އެ ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑި އަށެވެ.

ޕެރިސިޗް ކްރޮއޭޝިޔާ އަށް ނަތީޖާ އެއްވަރުކޮށްދެނީ - ފޮޓޯ: އޭއެފްޕީ

މެޗުގެ 90 މިނެޓްގެ ކުޅުން ހަމަވިއިރު ދެ ޓީމުވެސް އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ދެން ކުޅުނީ 15 މިނެޓްގެ ދެ ހާފުގެ ކުޅުމެވެ. އެގޮތުން އެ ދެ ހާފްގެ ތެރެއިން ފުރަތަމަ ހާފްގެ ފަހު މިނެޓްގައި މަންޒުކިޗް އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ އިންގްލޭންޑްގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

އެ ފުރުސަތުގެ ބޭނުން ނުހިފުނު ނަމަވެސް 15 މިނެޓްގެ ދެވަނަ ހާފްގައި މަންޒުކިޗް ވަނީ ކްރޮއޭޝިއާ މި މެޗުން މޮޅުވި ގޯލު ކާމިޔާބުކޮށްދީފައެވެ. މި ގޯލު އޭނާ ކާމިޔާބުކުރީ ޕެރިސިޗް ބޮލުން ދިން ޕާހަކުން އިންގްލޭންޑްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

އިންގްލޭންޑް މައްޗަށް ކްރޮއޭޝިއާ ކުރި ހޯދިއިރު މިއީ ވޯލްޑް ކަޕްގެ ފައިނަލަށް އެޓީމު ދަތުރުކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

މެޗަށަފަހު ކޮރޮއޭޝިއާ ކުޅުންތެރިން އުފާފާޅުކުރަނީ -ފޮޓޯ: އޭއެފްޕީ

މުބާރާތުގެ ފައިނަލްގައި އަންނަ އާދީއްތަ ދުވަހު ކްރޮއޭޝިއާ ނިކުންނާނީ ފްރާންސްއާ ދެކޮޅަށެވެ. މި މެޗުން ބަލިވި އިންގްލޭންޑް އަންނަ ހޮނިހިރު ދުވަހު ތިންވަނަ ހޮވާ މެޗުގައި ބައްދަލުކުރާނީ ބެލްޖިއަމްއާއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ޙުސސަިނ

  އަށް you ފުރުސަތެއް

 2. ބާނިޔޫސޭ

  ބެކަމް ވިދާޅުވި ގޮތަށް މިފަހަރު ވޯރލްޑްކަޕް ފައިނަލްގައި ކުޅޭނީ އިންގްލެންޑާއި އާޖެންޓީނާ.

  • ހުސޭނުބޭ

   ފޭދޫފިނޮޅުގައި އިންގްލޭންޑާއި އާޖެންޓީނާގެ ވޯލްޑްކަޕް ފައިނަލް އެބަ އޮތް. ބެކަމް އެބަ ޓިކެޓްވިއްކާ!

 3. ފަޤީރު ކަލޯ!

  އިގްލޭންޑަށް ލިބޭނީ 4 ވަނަ!

 4. ޑިބާލާ

  އަނގަފޮނި އިނގިރޭސިން..... ރަށަށް....

 5. ޒާ

  މަވަރަށް ނަފްރަތު ކުރާ ބައެއް އިނގިރޭސީންނަކީ. ވަރަށް އުފާވި އެމީހުން ބަލިވުމުން. ހީކުރި ގޮތަށް ދަނީ. އަދި އުއްމީދަކީ ފްރާންސް ޗެމްޕިއަންކަން ހޯދާނެ ކަމަށް.

  • ކްރްއޭޝިޔާ

   މީ މިފަހަރު ކްރްއޭޝިޔާ ތައްޓެއް

 6. ކައުންސެލަރު

  އިނގެރޭސި ސަޕޯރޓަރުންނަށް ވަރަށް ސަލާން. އިނގިރޭސިން ވޯލްޑްކަޕް ތަށިނަގައިފި..

 7. މޮހޮނު

  އަލްޙަމްދުލިﷲ

 8. ޖޮއްބެ

  ހަމަ ރަގަޅު. އެހެންނޫންނަމަ އިނގިރޭސީންގެ ފޮނިކަން ވަކިން ބޮޑުވީސް.

 9. ސައިތާނު

  މީ ހަމަ ކްރޮއޭޝިޢާގެ ތައްޓެއް