ދުނިޔޭގެ ފުޓުބޯޅައި މައި ޖަމްއިއްޔާ ފީފާއިން ދޭ ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސްގެ އަހަރުގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ އެވޯޑް ބަޔާން މިއުނިކްގެ ޕޮލެންޑުގެ ތަރި ރޮބަޓް ލެވަންޑޯސްކީ އަށް ދީފިއެވެ.

މި ފަހުރުވެރި އެވޯޑު ލެވަންޑޮސްކީ ހޯދާފައިވަނީ އެންމެފަހުގެ ބެލޮންޑޯ ހާސިލުކުރި ލިއޮނަލް މެސީއާއި ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ މުހައްމަދު ސަލާހް އާއި ވާދަކޮށްގެންނެވެ.

ލެވަންޑޮސްކީ މި އެވޯޑު އުފުލާލީ ޖުމްލަ 48 ޕޮއިންޓާއެކު އެވެ. ދެވަނަ ހޯދީ މެސީ އެވެ. އެއީ 44 ޕޮއިންޓެވެ. އަދި ތިންވަނަ ސަލާހް ހޯދީ 39 ޕޮއިންޓުންނެވެ.

މިއީ ލެވަންޑޮސްކީ މި އެވޯޑު ޖެހިޖެހިގެން ހޯދި ދެވަނަ ފަހަރެވެ. އެންމެފަހުން މިދިޔަ އަހަރު ބޭއްވި ދަ ބެެސްޓް އެވޯޑުވެސް ހޯދީ އޭނާއެވެ. މިދިިޔަ އަހަރު ލެވަންޑޯސްކީ މި އެވޯޑު ހޯދީ ރޮނާލްޑޯ އާއި މެސީ އާއި ވާދަކޮށްގެންނެވެ.

މިދިޔަ ސީޒަނުގައި ލެވަންޑޮސްކީ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އޭނާ ވަނީ ބަޔާން މިއުނިކް އަަދި ޕޮލޭންޑް ގައުމީ ޓީމަށް ޖުމްލ 45 މިިދިޔަ އަހަރު ކުޅެފައެވެ. އަަދި ޖުމްލަ 51 ލަނޑު ވަނީ އޭނާ މިދިޔަ އަހަރު ޖަހާފައެވެ.

އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ އެންމެފަހުން ބޭއްވި ބެލޮންޑޯ އެވޯޑް ހާސިލުކުރި ބާސެލޯނާއަށް ކުޅެމުން އަންނަ ސްޕެއިނުގެ މިޑްފީލްޑަރު އަލެކްސިއާ ޕުޓެއްޔަސްއެވެ

އެންމެ މޮޅު ފިރިހެން ކޯޗުގެ މަގާމަށް ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ހޮވުނުއިރު، އެންމެ މޮޅު އަންހެން ކޯޗުގެ މަގާމަށް ހޮވުނީ ޗެލްސީ އަންހެން ޓީމުގެ އެމާ ހޭސްއެވެ. އެންމެ މޮޅު ލަނޑަށް ދޭ ފީފާ ޕުސްކަސް އެވޯޑް މި ފަހަރު ލިބުނީ ޓޮޓެންހަމް ހޮޓްސްޕާގެ އެރިިކް ލަމޭލާއެވެ.

މިދިޔަ އަހަރު ދުނިޔޭގެ ފުޓްބޯޅައިގައި ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރިކޯޑު ރޮނާލްޑޯ މުގުރާލުމުން އެވޯޑް ހަފުލާގައި ވަނީ ރޮނާލްޑޯއަށް ފީފާގެ ޚާއްސަ އެވޯޑެއް ދީފައެވެ

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނުބުނާނަން

    ޙައްޤު އެވޯޑެއް ނޫން. ޕޮލެންޑް ގޮވައިގެން ޔޫރޯގައިވެސް ދިޔައީ ޗޮކުން. ބަޔާންގަ ކަމެއް ކުރެވުނަސް އޭނާއަށް ހައްޤު އެވޯޑެއްނޫން މީ. ފީފާ ކޮރަޕްޓްވެފަ މިއޮތީ

    9
    6
    • ދެންތިބުނީ

      ދެން ތިބުނަނީ އެ ހައްގީ މެސީއަށޭތަ؟ މެސީ ކޮންކަމެއް ކޮށްގެން ބެލޮންޑިއޯ ލިބުނީ؟ އާޖެންޓީނާ އަށް ކޮޕާ އެމެރިކާ ހޯދަދިނީމަ؟މަށަކީ މެސީގެވެސް އަދި ލެވޮންޑޮސްކީގެ ފޭނެއް ނޫން. އެކަމަކުވެސް ތި ހައްގު މީހާއަށް މިފަހަރު ތި ލިބުނީ. މެސީއަށް ބެލޮންޑިއޯ ލިބުނީ ކޮރަޕްޝަނުން. އޭނައަށް ލިބެންޖެހޭ އެއްޗެއް ނޫން އެއިކީ؟

      3
      1