އިންގިރޭސި ޕްރެމިއާރ ލީގުގެ ބޮޑު ކްލަބެއް ކަމަށްވާ ލިވާރޕޫލް އިން، ސްޓޯކް ސިޓީ އަށް ކުޅެމުން އަންނަ ސްވިޓްޒަލޭންޑުގެ ފޯވާޑު ޒާރޑަން ޝަކީރީ ގެންނަން މަަސައްކަތް ކުރާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

26 އަހަރުގެ ޝަކީރީ ވަނީ މިހާރު ރަޝިޔާގައި ކުރިޔަށްދާ ވޯލްޑް ކަޕު ގުރޫޕް ސްޓެޖުގައި ސާރބިއާ ކޮޅަށް ލަނޑެއް ޖަހައި ދެވަނަ ބުރަށް ދަތުރު ކޮށްފައެވެ، ނަމަވެސް ސްވިޓްޒަލޭންޑު ކަޓާފައިވަނީ ދެވަނަ ބުރުގައި ސްވެޑެން އާއި ކުޅެ، މެޗުން ބަލިވެގެންނެވެ.

13 މިލިއަން ޕައުންޑަށް ވުރެ ބޮޑު އަގެއްގައި ލިވާރޕޫލް އިން އޭޏާ ގަންނަން ބޭނުންވާކަމަށް ގިނަ ރިޕޯޓުތައް ބުނެފައިވާއިރު އިންޓަރ މިލާން އިން ޝަކީރީ ސްޓޯކް ސިޓީ އާއި ގުޅިފައިވަނީ 2015 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި 12 މިލިއަން ޕައުންޑަށެވެ. އެއީ ސްޓޯކް ސިޓީގެ އެންމެ އަގު ބޮޑު ކުޅުންތެރިޔާއެވެ،

މިދިޔަ ސީޒަނުގައި ސްޓޯކް ސިޓީ އަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަކީ ޝަކީރީ އަށް ވާއިރު ސްޓޯކް ވަނީ ޕްރެމިއާރ ލީގުން ރެލިގޭޓު ވެފައެވެ. މިއަހަރުގެ ޖޫން މަހުގައި ޝަކީރީ ސްޓޯކް ސިޓީ ދޫކޮށްލަން ބޭނުންވާ ކަމަށް ބުނެފައި ވާއިރު އޭނާ ދާން ބޭނުންވަނީ އެހެން ޕްރެމިއާރ ލީގު ކްލަބް އަކަށް ކަމަށް ވެސް ބުންޏެވެ،

މިއަންނަ ސީޒަނަށް މިހާރުވެސް ލިވަރޕޫލްގެ ސްކޮޑު ވަރުގަދަ ކުރަމުން އަންނައިރު އެޓީމުން ވަނީ މިހާތަނަށް މޮނަކޯގެ މެދުތެރެއަށް ކުޅުނު ފެބީނިއޯ 39 މިލިއަން ޕައުންޑަށް ގެނެސްފައެވެ. މީގެ އިތުރުން ނެބީ ކެއިޓާ ވެސް ވަނީ ގެނެސްފައެވެ.