ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅެވޭ ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗު ކުޅޭ ދެ ޓީމަށް ފައިނަލް މެޗު ބާއްވާ ރ.އަލިފުށިން ކީ ހޫނު މަރުހަބާއެކެވެ. ރާއްޖޭގެ ފުޓުބޯޅައިގެ ފޯރި އަދިވެސް އޮތްކަން އަލިފުށި ރައްޔިތުން އެ ސާބިތުކޮށްދިނީ އެވެ.

މުބާރާތުގެ ފައިނަލް މެޗުގައި އަންނަ އާދީއްތަ ދުވަހު ބައްދަލުކުރަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކުލަބް ވެލެންސިއާ އެވެ. މިއީ މި މުބާރާތުގެ ފައިނަލް މެޗެއް އަތޮޅުތެރޭގައި ކުޅޭ ތިންވަނަ ފަހަރެވެ.

ފައިނަލް މެޗު ކުޅޭ ދަނޑަކީވެސް ހާއްސަ ތަނެކެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓުބޯޅައިގެ ފޯރި ވަރުގަދަކުރުމުގެ ގޮތުން ކުރިޔަށްގެންދާ މަސައްކަތްތަަކުގެ ތެރެއިން އަލިފުށީގައި އަޅާފައިވާ ފެންވަރު ރަނގަޅު ޓާފް ދަނޑުގައި ކުޅޭ ހާއްސަ މެޗެކެވެ. މިއީ މި ފެންވަރުގެ ބޮޑު މެޗެއް އެ ދަނޑުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ.

އަލިފުށީ ދަނޑުގައި ވެލެންސިއާ އިން ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން

ރާއްޖޭގެ ފުޓުބޯޅަ މުޅި ރާއްޖެއަށް ފުޅާކުރުމަށް ކުރިޔަށްގެންދާ މަސައްކަތްތަކުގެ ދަށުން އެކި ރަށްރަށުގައި އަޅާފައިވާ ޓާފް ދަނޑާއެކު މުސްތަގްބަލުގައި ގައުމީ ފެންވަރުގެ ގިނަ މެޗުތަކެއް އަތޮޅުތަކުގައި ކުރިޔަށްދާނެކަމުގެ މިއީ އަލިގަދަ ހެއްކެކެވެ.

ފައިނަލް މެޗު ކުޅުމަށް އެންމެ ފުރަތަމަ އަލިފުއްޓަށް ދިޔަ ޓީމަކީ ކުލަބް ވެލެންސިއާ އެވެ. އިއްޔެ ހެނދުނު އެ ޓީމު އައުމުން ރަށުގެ ރައްޔިތުން ވަނީ ޓީމަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި ޓީމަށް މަރުހަބާ ކިޔުމުގެ ހާއްސަ އައިޓަމްތަކެއް ވެސް ވަނީ ހުށައަޅާފައެވެ.

މާޒިޔާ ޓީމު އަލިފުއްޓަށް ދިއުމުން މަރުހަބާކިޔަނީ

އޭގެފަހުން ދެން އައީ މާޒިޔާ އެވެ. ރޭގަނޑުގެ ވަގުތެއްގައި މާޒިޔާ އައި ނަމަވެސް ރަށުގެ ރައްޔިތުންގެ އެ ފޯރިއަށް ބަދަލެއް ނާދެއެވެ. އަލިފުށީގެ ރައްޔިތުން ދެ ޓީމަށްވެސް ކީ މަރުހަބާއިން ދެ ޓީމަށްވެސް އިތުރު ހިތްވަރެއް ލިބިގެންދިޔަ އެވެ.

މި ފައިނަލް މެޗު އަލިފުށީގައި ބޭއްވުމަށް ނިންމާފައިވަނީ މިދިޔަ މަހު އެފްއޭއެމް އާއި ޔޫތު މިނިސްޓްރީގެ އިސް އޮފިޝަލުން އެ ދަނޑު އިސްޕެކްޓުކުރުމަށް އެ ރަށަށް ގޮސް ގިނަ ކަންކަމަށް ބެލުމަށްފަހު އެވެ. މި ދަތުރުގައި އެފްއޭއެމްގެ ކޮމްޕެޓިޝަން ޑިޕާޓްމަންޓްގެ ޝާހު އިސްމާއިލް (ސާޔާ) އާއި އިސްމާއިލް ރިޔާޒް އަދި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ބައިވެރިވެވަޑައިގަތެވެ.

ރ.އަލިފުށީ ޓާފް ދަނޑު

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އާދީއްތަ ދުވަހުގައެވެ. މި މެޗަށް ދެ ޓީމުންވެސް އެ ދަނޑުގައި ފަރިތަކުރުންތައް ބޭއްވިއިރު، މިއީ ދެ ޓީމަށްވެސް މުހިއްމު ފައިނަލެކެވެ. އަލިފުށީގެ އިތުރުން އަތޮޅުގެ އެހެން ރަށްރަށުން ސަޕޯޓަރުންވެސް އެ ރަށަށް އަންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ތެދު

    ތީހަމަ ބިގޭއަޑީގަހުރެގެން ހިންގާބޮޑުބޮޑު ހަރަދެއް މިލިއަނުން ބޭކާރު ހަރަދުކުރަނީ ބިރުން ޗެނެލް13 ސަމާހް ފުޓްބޯޅަމުބާރާތެއްބޭއްވީމަ...ސަޕޯޓްގެއްލޭތީވެ...
    އެއަރޕޯޓޭކިޔައިގެން ރައްޔިތުން ގުނބޯހައްދަންވެގެން..!؟ އަލިފުށި ޓީޗަރުން މާލޭގަ ތާށިވެފަތިބިއިރު (ކޮވިޑްޓެސްޓްނެހެދި) އަޅާވެސްނުލާ މިހާރު އަރާފައިބަނީ ބޭނުންގޮތަކައް

    13
    3
  2. ގަބޭ

    މަސްވެރިންގެދުވަހުގެ ކަންކަމައް ގާފަރައްދިޔަމީހުނައް ކެއުމާއި ކަންކަމައްކުރި ހަރަދު ފަހުންދޭނަމޭކިޔާ އަދިވެސް އެފައިސާނުދޭކަމައް އަޑުތައްއިވޭ. އަލިފުށިމީހުނައް ލަންޑެއް ނުދީފިޔާ އަންގަޅު

    7
    1
  3. ނިޒާރުބެ

    ރަށްރަށުގަވެސް އުޅެނި ދިވެހިރައްޔިތުން ހިސާބަކަށް ރަށްފުށުގަވެސް މިކަހަލަ ކަންކަންކުރެވޭނެދުވަހެއް ދެކެންބޭނުންވި ހިތާނުވިޔަސް މިސަރުކާރުން އެކަން ފައްޓާދިނީތީ ހަމަ ޝުކުރުދަންނަވަން ދެންއަންނަބަޔަކުވެސް އަދި މާފުރިހަމަކޮށް އެފަދަ ކަންކަންކަން ކޮށްދޭނެކަމަށް ހީކުރަން

  4. ސަރުކާރު

    ކޮވިޑް ފުރީ

    4
    1