އޮލިމްޕިކް ކޮމިޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: މުހައްމަދު ޖިމީ

އޯއޭސީ އިން އިސްނަގައިގެން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި ގުޅިގެން ފަންރަންގެ ނަމުގައި މާދަމާ ހާއްސަ ދުވުމެއް ބޭއްވުމަށް ނިންމައިފިއެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން އޯސީއޭ މީޑިއާ މެނޭޖަރު ޖިންސް ޖައުޖެން ވިދާޅުވި ގޮތުގައި މި ފަންރަން އަކީ 18 ވަނަ އޭޝިއަން ގޭމްސް ފެށުމަށް ހަމަޖެހިފަިވާތީ އެކަމާ ގުޅިގެން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ހަރަކާތެއް ކަމަށެވެ.

އޮލިމްޕިކް ކޮމިޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: މުހައްމަދު ޖިމީ

އަދި މާދަމާ ބޭއްވޭ ފަން ރަން އިވެންޓް އަކީ އެ ހަރަކާތުގެ  އެންމެ ފަހުގެ ރަން ކަމަށް އޭނާ ވިދާޅުވިއެވެ.

" ފާއިތުވި މަސްތަކުގައި އޭޝިއާގެ 31 ސިޓީއެއްގައި މާލެ ހިމެނޭ ގޮތަށް މި ހަރަކާތް ވަނީ ބޭއްވިފަ.. ފަން ރަން އިވެންޓު އޭޝިޔާގެ 31 ސިޓީ އެއްގަ ބޭއްވުނު އިރު ސާޅީސް ހާހަށްވުރެ ގިނަ ބައިވެރިން މިހާތަނަށް ވަނީ މި އިވެންޓުގައި ބައިވެރި ވެފައި" ޖިންސް ޖައުޖެން ވިދާޅުވިއެވެ.

އޮލިމްޕިކް ކޮމިޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: މުހައްމަދު ޖިމީ

ފަންރަން އިވެންޓު ފެށުމަށް ހަމަޖެހިފައި ވަނީ ރަސްފަނުން މާދަމާ ހެނދުނު 7:00 ގައެވެ. މިހަރަކާތުގައި ގިނަ އަދަދެއްގެ ސުކޫލު ދަރިވަރުން ބައިވެރިވާއިރު މި ދުވުމުގެ ސަބަބުން ކުޅިވަރަށް ދިވެހިންގެ ތެރޭގައި އޮންނަ ލޯބި ފެނިގެން ދާނެކަމަށް އޮލިްޕިކް ކޮމިޓީއިން މައުލޫމާތު ދެއެވެ.

މިއީ ރާއްޖެ އިން އޭޝިއަން ގޭމްސްގައި ބައިވެރިވާ ނުވަ ވަނަ ފަހަރެވެ. މި ފަހަރުގެ މުބާރާތުގައި ޖުމްލަ ނުވަ ކުޅިވަރައެއްގައި ރާއްޖެ އިން ބައިވެރިވާއިރު 27 އެތުލީޓަކު އެކުޅިވަރުތަކުގައި ރާޢްޖެ ތަމްސީލުކުރާނެއެވެ. މިފަހަރުގެ އިވެންޓުތަކުގައި ބައިވެރިވާ އެތުލީޓުންގެ 45 އިންސައްތަ އަކީ އަންހެނުން ކަމަށް އޮލިމްޕިކް ކޮމިޓީ އިން މައުލޫމާތު ދެއެވެ.

އޮލިމްޕިކް ކޮމިޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: މުހައްމަދު ޖިމީ

18 ވަނަ އޭޝިއަން ގޭމްސް އިންޑޮނޭޝިއާގައި މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާއިރު އޭޝިއަން ގޭމްސްގެ ކުޅިވަރުތަކުގައި މިފަހަރު ފިރިހެން ފުޓްބޯޅަ ޓީމް ބައިވެރިއެއް ނުވެއެވެ. ފިރިހެން ފުޓުބޯޅަ ޓީމުގެ ބަދަލުގައި މިފަހަރު ފުޓްބޯޅަ އިވެންޓުގައި ވާދަކުރަނީ އަންހެން ފުޓްބޯޅަ ޓީމެވެ.

ކިޔުންތެރިންގެ ހިޔާލު