ފުޓުބޯޅައިގެ ފޯރި އަތޮޅުތެރޭގައި އެބައޮތް ކަމަށާއި މާދަމާ ކުޅޭ ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލް މެޗަށް އަލިފުށީ ފުޓުބޯޅަ ދަނޑު ފުރާލާނެ ކަމަށް ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުގައި ކުލަބް ވެލެންސިއާ އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުކުރާ ފައިނަލް މެޗަށް މަހްލޫފް އަލިފުއްޓަށް ވަޑައިގެންނެވީ މުބާރާތުގެ ޓްރޮފީއާއި އެކުގައެވެ.

އަލިފުއްޓަށް ވަޑައިގެންނެވުމުން މަހްލޫފަށް މަރުހަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) އަދި އަލިފުށީ ކައުންސިލްގެ ރައީސް އާދަމް އިމްރާން ގެ އިތުރުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ އިތުރުން ރަށުގެ ބައެއް ރައްޔިތުންނެވެ.

ޕްރެޒިޑެންޓްސް ކަޕް ޓްރޮފީއާއެކު މަހްލޫފް

ރަށަށް ވަޑައިގެން އާންމުންނާއި މުހާތަބުކުރައްވާ ވާހަކަފުޅުދައްކަވަމުން މަހްލޫފް ވަނީ އަލިފުށީގައި ފައިނަލް މެޗަށް ބޮޑު ޖޯޝެއް ބެހެއްޓިކަމަށްޓަކައި ރަށުގެ ރައްޔިތުންނަށް ޝުކުރުއަދާކޮށްފައެވެ.

މަހްލޫފް ވިދާޅުވީ މީގެކުރިން ބޮޑެތި ސިޓީތައް ކަމަށްވާ އައްޑޫސިޓީ އާއި ކުޅުދުއްފުށި ސިޓީ ފިޔަވާ އެހެން ސަރަހައްދެއްގައި މި މުބާރާތުގެ ފައިނަލް ކުޅެން ވިސްނިފައި ވެސް ނެތް ކަމަށާއި ބޭނުންވަނީ މިކަން ބަދަލުކުރުން ކަމަށެވެ.

"ރަށްރަށުގައި ފޯރި އެބަހުރި، ރައްޔިތުން އެ މެޗުތައް ބަލަންވެސް އާދޭ، ވަރަށް ޔަގީން މާދަމާ ރަށުގެ ރައްޔިތުން ނިކުމެ ދަނޑު ފުރާލާނެކަން" މަހްލޫފް ވިދާޅުވިއެވެ.

މީގެއިތުރުން މަހްލޫފް ވަނީ އަލިފުށީގައި ސްޕޯޓްސް އިންޑޯ ކޮމްޕްލެކްސް އެއް އެޅުމަށް ނިންމާފައިވާކަން އިއުލާނުކޮށްފަައެވެ.

މުބާރާތުގެ ފައިނަލުގައި ވެލެންސިއާ އާއި މާޒިޔާ ބައްދަލުކުރާ މެޗު ފަށާނީ މާދަމާ ހަވީރު 16:00 ގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    މި ގޮލާމެން ކޮވިޑް ހިފައިގެން މުޅި ރާއްޖޭގަ އެބަ އެނބުރޭ. މައިތިރިވެގެން ގޭގަ ތިބެބަލަ ކުރާނެ ކަމެއް ނެތިއްޔާ.

    19
    1
    • ކާފަބޭ2020

      މިރާއްޖޭގަމިއުޅޭކޮވިޑް ނާރާނެހަތަރުރަށެއްވޭ އެހަތަރުރަށަށް ކޮވިޑުއެރުން ޚާއްޞަހުއްދައެއްގެދަށުން މައިމޫނާވަނީމަނާކޮށްފަ! އެހަތަރުރަށް އަންނަމަހުހަވަނަ ދުވަހުގެކުރިން ކޮވިޑްނޭރުމަށްވަނީ ގަދައަމުރުންއަމުރުކޮށްފަ ވީމާ، ކޮވިޑުދެކެ އެހަތަރުރަށުގެމީހުންބިރުގަންނާނެކަމަކު އަދި ވިސްނާނެކަމަކުނެތެވެ.

    • ާަަތޔުރަ

      ޕ.ޕ.މ މުޒަހަރަަ ކުރަންވމަ ކޮވިދް ނޮޮޮޮވެ

  2. ކުޑަ ނާސިރާ މުހައްމަދު

    ޤައުމު މިހާލަތޔުގައިވާއިރު ވަޒީރުންނާއި މަޖުލީހުގެ ސޭކުމެންބަރުން ކުރާ ބޭކާރު ހަރަދު ތާކުންތާކުނުޖޭ ގޮތަށް ގައުމުރައުސްމާލުން ހަރަދުކޮށް ކަންތައްތިުކަނީ ފަހެ ކޮންމޮއިންތަކެއްހެއްޔެވެ ޤައުމުގެ ރައްޔިތުން އަގަމަތީ ފޮތިގަނޑު އަޅުވާ ނާޅާމީހުން ޖޫރިމަނާކޮށް ޤައުމަށް ހަރަދުކުރާންފައިހޯދައި އެފައިސާ އިސްރާފުކުރާތަން ބަލން ދާނީ ތިޔަކަލަ މޮ ސޭކުން މިމީހުންގެ ޖީތަކަށް ފައިސާވަންނަގޮތަށް ޤައުމުއިދަޖައްސާ ގައުމުދަރުވާބައެއްތިޔައީ ދުރުމުސްތަގުބަލަށް ކަންކަންކުރާއެގޭބެއްނޫ ތިޔަމޮއިންނަކީ

  3. ޢަލީބެ

    ފުޓްބޯޅަ ދަނޑުތައް ފުރާލުމުގެ ވައުދު ފުއްދަނީޔޯލަ. މަހުލޫފުގެ ރިޝްވަތުގެ މައްސަލަ ބަލަންވެސް ތިޔައްވުރެ މީހުން ގިނަވާނެ.

    12
    1