ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ އިޓަލީ ކޯޗު ފްރެންސެސްކޯ މޮރިއޭރޯގެ އިސްނެގުމާއެކު ސްކޮޑަށް އާ ކުޅުންތެރިންތަކެއް އިތުރުކުރުމަށް ފަހު ފަރިތަކުރުންތައް ފަށައިފިއެވެ.

ގައުމީ ޓީމުން އަނެއްކާވެސް ފަރިތަކުރުންތައް ފެށިއިރު މިފަހަރު އެކުލަވާލި ޓީމަށް ގެނައި އާ ކުޅުންތެރިންނަކީ ނިމިދިޔަ ޕްރެޒިޑެންޓްސް ކަޕުގައި ގައުމީ ކޯޗަށް ފާހަގަކުރެވުނު ބައެއް ކުޅުންތެރިންނެވެ.

ގައުމީ ފުޓުބޯޅަ ޓިމުން ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން-- ފޮޓޯ: އެފްއޭއެމް

މުބާރާތުގެ ހުރިހާ މެޗެއް ގައުމީ ކޯޗު ވަނީ ބަލާފައެވެ. ކޯޗު ޓްރެއިނިންތައް ފެށިއިރު މިއީ އިންޓަނޭޝަނަލް ބްރޭކުކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް ރާއްޖެއިން މިފަހަރު އެއްވެސް އެކުވެރިކަމުގެ މެޗެއް ނުކުޅެއެވެ. އެހެންކަމުން ގައުމީ ކޯޗު ނިންމީ ފަރިތަކުރުންތަކެއް ކުރިޔަށްގެންދާށެވެ.

ރާއްޖެއާއެކު ނޭޕާލުން ވަނީ އެ ގައުމުގައި އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ދައުވަތު ދީފައެވެ. ނަމަވެސް ރާއްޖެއިން ބޭނުންވީ އަމިއްލަ ގައުމުގައި އެ މެޗު ކުޅޭށެވެ. އެހެންކަމުން ދެ ފަރާތުން އެކަމަށް އެއްބަސްވުމަކަށް ނާދެވުމުން އެ މެޗު ކެންސަލްކުރި އެވެ.

ގައުމީ ޓީމުގެ ކޯޗިން ޓީމާއެކު އަލަށް ގުޅުނު ސިމާއޮ ކޮސްޓާ -- ފޮޓޯ: އެފްއޭއެމް

ޕްރެޒިޑެންޓްސް ކަޕުގައި ޓީމުތަކުގެ މެޗުތަކުގެ އިތުރުން އެ ޓީމުތަކުގެ ޕްރެކްޓިސް ސެޝަންތަކެއް ވެސް ގައުމީ ކޯޗު ވަނީ ބަލާފައެވެ. އަދި ޓީމު އެކުލަވާލުމުގައި ވެސް ގިނަ ކަންތައްތަކަކަށް ކޯޗު ބަލާފައިވެއެވެ. ސްކޮޑަށް އަލަށް އިތުރުކުރި ކުޅުންތެރިންގެ ތެރޭގައި ކުލަބް ގްރީންސްޓްރީޓްސްގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) އާއި މާޒިޔާގެ ވައިސް ކެޕްޓަން މުހައްމަދު އިރުފާން (އިރޭ) އަދި ގްރީން ސްޓްރީޓްސް ދޫކޮށް ވެެލެންސިއާ އަށް ދާދިފަހުން ބަދަލުވި އަބްދުﷲ ޔާމީން (ޔާނު) ފާހަގަކޮށްލެވެއެވެ.

މި ފަރިތަކުރުންތަކުގައި ގައުމީ ފުޓުބޯޅަ ޓީމާއި ދާދިފަހުން ގުޅުނު އެސިސްޓަންޓް ކޯޗު ޕޯޗުގަލްގެ ސިމާއޯ ކޮސްޓާ ވަނީ ބައިވެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފީރޯޒު

    ކޯޗު އިސްނަގާނީ ޓީމު އެކުލަވާލާނީ ބައްސާމާ އަލީ އުމަރާ ސަވީދު ފަދަ ގައްދާރުންވެގެން.

  2. ޖަމީލްބެ

    ރާއްޖޭގެ ގައުމީޓީމުގެ ފެންވަރެކޭ ކުރީގެ އިންޓާރ ސްކޫލް ޓީމެއްގެ ފެންވަރަށްވުރެވެސް ދަށް