ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ބެލުމަށް ސްޓޭޑިއަމަށް ވަންނަ އަންހެނުންގެ ފޮޓޯ އާއި ވީޑިއޯ ބްރޮޑްކާސްޓް ކުރުން މަދުކުރުމަށް ފީފާ އިން އެދިއްޖެއެވެ.

ފީފާ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފީފާގެ "ސަސްޓެނެބިލިޓީ އެންޑް ޑައިވާސިޓީ" ގެ ހެޑް ފެޑްރިކޯ އަޑިއެޗީ ވިދާޅުވީ ޒުވާން، އަންހެނުންގެ ފޮޓޯ އާއި ވީޑިއޯ ބްރޮޑްކާސްޓް ކުރުމުގެ ސަބަބުން ފުޓްބޯޅައިގެ ތެރެއިން ޖިންސީ ފުރައްސާރަ ކުރުމާއި ޖިންސީ ގޯނާ ކުރުން އިތުރުވަމުން އަންނަ ކަމަށެވެ.

ދިރާސާތަަކުން ދައްކާ ގޮތުގައި މިއަހަރުގެ ވޯލްޑްކަޕްގެ ތެރެއިން ވެސް އަންހެނުންނަށް ޖިންސީ ފުރައްސާރަ ކުރުމުގެ 30 މައްސަލައެއް ވަނީ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައެވެ. އަދި ކަމާބެހޭ ފަރާތްތަކަށް ހުށަނާޅާ މައްސަލަތައް ވެސް ގިނަވާނެ ކަމަށް ލަފާކުރެވެއެވެ.

އެހެންކަމުން ފީފާ އިން އެދެެނީ ވަކިން ހާއްސަކޮށް އަންހެނުންގެ ފޮޓޯ ދައްކާ އެމީހުންގެ ރީތި ކަމާއި ބެހޭ ގޮތުން ބްރޮޑްކާސްޓަރުން ވާހަކަ ނުދެއްކުމަށެވެ. ފީފާ އިން ގަބޫލު ކުރާ ގޮތުގައި ބްރޮޑްކާސްޓަރުން އަންހެނުންގެ ފޮޓޯ ދެއްކުމުގެ ސަބަބުން ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލަތައް އިތުރުވެއެވެ.

ނަސްލީ ތަފާތު ކުރުންތަކުގެ ސަބަބުން މިއަހަރުގެ ވޯލްޑްކަޕަށް އަސަރު ކޮށްފާނެ ކަމަށް ކުރިން އޮތީ ލަފާކުރެވިފައެވެ. ސަބަބަކީ ރަޝިއާ އަކީ ނަސްލީ ތަފާތު ކުރުން ބޮޑު ގައުމަކަށް ވާތީއެވެ. ނަމަވެސް ފީފާ އިން ބުނާ ގޮތުގައި މިއަހަރު އަދި މިހާތަނަށް ނަސްލީ ތަފާތު ކުރުމުގެ އެއްވެސް މައްސަލައެއް ރިޕޯޓް ކޮށްފައެއް ނުވެއެވެ. އެހެންކަމުން މިއީ ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށް ފީފާ އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ނަން

    އެހެންވެޔޭ މީގެ 1500 އަހަރު ކުރިން އަންހެނުން މޫނު ބުރުގާ އަޅަން އަންގަވާފަ އެއޮތީ. އިސްލާމް ދީނުގަ ކަންކަން ކުރަން އަންގަވާފަ އޮންނަނީ ހުރިހާ ޒަމާނަކަށްވެސް ފިޓް ވާ ގޮތަށޭ.

    • މެސި

      ޔެސް

    • ޢެއްކަަލަ

      ނެތް އަންގާފައެއް.. އިޚްތިލާފް އުފެދިފަވާ ކަންކަމަށް ތިގޮތަށް ގޮތް ނުނިންމޭނެ

  2. މުހުސިނު

    ކޮބާ މީޑިއާގެ މިނިވަންކަން؟ ކީއްވެ އެމީހަކު ބޭނުން މަންޒަރެއް ނުދެއްކެންވި.

    • Anonymous

      ނޮޓް ޕޯން އޯކޭ

    • ޑިމޮކްރަޓިސްޓް

      ތީ މީޑިޔާގެ މިނިވަންކަމަށް އަރައިގަންނަނީ.. ހެދުންއަޅައިގެން ރީތިކޮށްތިބޭ ރީތި އަންހެނުން ނުދެއްކުމަކީ މީޑިޔާ ހިސޯރުކުރުން..

  3. ކޮޅުހެކި

    ތިއުޅެނީ ރައީސްޔާމީނު މީޑިޔާއަށް ދައްކާބިރު ރަނގަޅުކަމަށް ދައްކަންތޯ؟ ރަނގަޅު ނޫންކަމެއް ރަނގަޅެއް ނުވާނެ ކޮންމެ ބަޔަކު ކުރިއަސް އޯކޭ

  4. އެދުރު

    ތިވެސް މުސްލިމަކު ބުނި އެއްޗެއް ނަމަ ވަރަށް ކަންތައް ބޮޑުކޮށްލާނެ މިއުޅޭ ލާދީނީ މީހުން