މާދަމާ ކުޅޭ ވޯލްޑްކަޕްގެ ފައިނަލްގައި ފްރާންސްއަތުން މޮޅުވެ މުބާރާތުގެ ތަށި އުފުލާލެވިއްޖެނަމަ ކްރޮއޭޝިއާ އަދި ބާސެލޯނާގެ ޒުވާން މިޑްފީލްޑަރ އިވާން ރަކިޓިކްގެ ސިފައަށް ބޮޑު ބަދަލެއް ގެންނާނެ ކަމަށް އޭނާ ބުނެފިއެވެ.

ކުރިއަށް އޮފް ފައިނަލް މެޗާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ރަކިޓިކްބުނީ ކްރޮއޭޝިއާއަށް މުބާރާތުގެ ތަށި އުފުލާލެވިއްޖެ ނަމަ އޭނާގެ ނިތުގައި ޓެޓޫއެއް ޖަހާނެ ކަމަށެވެ.

" ކްރޮއޭޝިއާ މޮޅުވެއްޖެ ނަމަ އަހަރެންގެ ނިތުގައި ޓެޓޫއެއް ޖަހާނަން. އެއީ ނިތްކުރީގައި ޖާގަ އޮތުމާއި އެކު ވޯލްޑްކަޕްގެ ކާމިޔާބީ ތަފާތު ގޮތަކަށް ފާހަގަކުރުމަށް. ނަމަވެސް ޓެޓޫ ޖެހުމުގެ ކުރިން އަހަރެންގެ އަންހެނުންގެ ބަހެއް ހޯދާނަން " ރަކިޓިކް ބުނެފައިވެއެވެ.

އަދި ފްރާންސާއި ދެކޮޅަށް ކުޅޭ ފައިނަލް މެޗަކީ ކްރޮއޭޝިއާގެ ތާރީހުގައިވެސް އެންމެ މުހިންމު މެޗު ކަމަށާއި އެއީ 4.5 މިލިއަން މީހުންގެ އިހްސާސްތަކާއި ގުޅިފައިވާ މެޗެއްކަމަށެވެ. އަދި ކްރޮއޭޝިއާއިން އެެންމެ ފަހު ވަގުތާ ހަމައަށްވެސް މަސައްކަތް ކުރާނީ މެޗުން މޮޅުވުމަށް ކަމުގައި ރަކިޓިކް ވަނީ ބުނެފައެވެ.

އަދި ފައިނަލް މެޗު ކުޅޭ ސްޓޭޑިއަމް އަކީ 4.5 މިލިއަން މީހުންގެ ޖާގައިގެ ތަނެއް ނަމަ ފައިަނަލް މެޗަށް ސްޓޭޑިއަމް ފުރޭނެ ކަމުގައިވެސް ރަކިޓިކް ވަނީ ބުނެފައެވެ.

އަދި ފައިނަލް މެޗަށް ކްރޮއޭޝިއާ ޓީމަށް އެއްވެސް ވަރުބަލިކަމެއް ކުރިމަތިވެފައިވޭތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ރަކިޓިކް ބުނީ ކްެރޮއޭޝިއާ ޓީމު އޮތީ ފައިނަލް މެޗަށް ވަރަށް ފުރިހަމައަށް ތައްޔާރަށް ކަމަށާއި އެ މެޗުން މޮޅުވަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. އަދި ފްރާންސަކީ ވަރުގަދަ ޓީމެއް ކަމަށާއި ނަމަވެސް ކްރޮއޭޝިއާއަށް ފްރާންސް ބަލި ކުރެވޭނެ ކަމުގައި ރަކިޓިކް ވަނީބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    އަނެއްކާ ނަގުލަކާ ދަޅަކާތަ އިތުރުކުރަނީ؟؟؟؟؟؟؟؟؟؟؟؟؟

  2. ނުޢައިމު

    ނިތްކުރީގައި ޖަހާ ޓެޓުގައި ޖަހާނީ " ހީވިތަ ކަމެއްހެން" މިގޮތަށެވެ.

  3. ބަރސާ

    ނަސީބެއްް މޮޅު ނުވިކަން...ސޮރީ...މިހެން މިބުނީ އެއޮށް ރީތި ރަކިޓިޗް ހަޑިވާނެތީ