2018 ވަނަ އަހަރުގެ ވޯލްޑް ކަޕު ފައިނަލުގައި ފްރާންސް އަދި ކްރޮއޭޝިޔާ ބައްދަލު ކުރާއިރު މިމެޗުގެ ރެފްރީ އަކަށް ފީފާ އިން ހަމަޖައްސާފައިވަނީ އާޖެންޓީނާގެ ރެފްރީ އެއް ކަމަށްވާ ނެސްޓޯ ޕިޓާނާއެވެ،

ޖުލައި 15 ވަނަ ދުވަހު ރަޝިޔާގެ ވެރި ރަށް މޮސްކޯގައި ހުންނަ ލުޒްނިކީ ސްޓޭޑިއަމްގައި ކުޅޭ ފައިނަލް މެޗުގައި ރެފްރީކަން ކުރަން ހަމަޖައްސާފައިވާ ނެސްޓޯ އަކީ އުމުރުން 43 އަހަރުގެ ފިސިކަލް އެޑިއުކޭޝަން ޓީޗަރެކެވެ. އޭނާ ވަނީ 2007 ވަނަ އަހަރުން ފެށިގެން އާޖެންޓީނާގެ ސުޕާލީގާ ގައި ހަރަކާތްތެރިވަމުންނެވެ.

އެހެން ގައުމު ތަކުގައި ރެފްރީ ކަން ކުރަން ނެސްޓޯ އަށް ހުއްދަ ލިބިފައިވަނީ 2010 ވަނަ އަހަރުގައެވެ. އެހެންކަމުން ކޮންމެބޮލްގެ ގިނަ މުބާރާތްތަކުގައި ރެފްރީކަން ކޮށްފައިވާ ނެސްޓޯ ވަނީ ކޮޕާ އެމެރިކާގެ މެޗު ތަކުގައިވެސް ރެފްރީ ކަން ކޮށްފައެވެ.

އިސް ރެފްރީ އެއްގެ ގޮތުގައި ހަރަކާތްތެރިވާ ނެސްޓޯ ޕިޓާނާ އާއި އެކީ ފައިނަލް މެޗުގައި ރެފްރީ ކަން ކުރާނީ ހާރނަން މައިޑާނާ އާއި ހުއާން ބެލާޓީއެވެ. ހަތަރު ވަނަ ރެފްރީ އެއްގެ ގޮތުގައި ހަތަކާތްތެރިވާނީ ޖޯރން ކުއިޕާސްއެވެ، ހަމަ އެހެންމެ ޕިޓާނާ އަކީ ތަޖުރިބާކާރު ރެފްރީއެކެވެ.

މިހާތަނަށް މިއަހަރުގެ ފީފާ ވޯލްޑް ކަޕުގައި ނެސްޓޯ ވަނީ 4 މެޗުގައި ރެފްރީކަން ކޮށްފައެވެ. ގުރޫޕް ސްޓޭޖުގެ ދެ މެޗާއި ދެވަނަ ބުރުގެ ދެ މެޗުގައި އޭނާ ވަނީ ހަރަކާތްތެރި ވެފައެވެ. ފްރާންސް އަދި ކްރޮއޭޝިޔާ ކުޅުނު މެޗެއްގައި ވެސް ނެސްޓޯ ވަނީ ރެފްރީކަން ކޮށްފައެވެ. އެއީ ފްރާންސް އާއި އުރުގުއޭ ބައްދަލު ކުރި މެޗުގައި އާއި ކްރޮއޭޝިޔާ ޑެންމާކް އަތުން މޮޅުވި މެޗުގައެވެ.

ކިޔުންތެރިންގެ ހިޔާލު