އެމެރިކާގެ ސެރީނާ ވިލިއަމްސް ބަލިކުރުމަށްފަހު ވިމްބަލްޑަން ޓެނިސް މުބާރާތް ޖަރުމަނަށް ނިސްބަތްވާ އެންޖެލިކް ކާބާ ކާމިޔާބުކޮށްފިއެވެ.

ރޭ ކުޅުނު މުބާރާތުގެ ފައިނަލް މެޗު ކާބާ ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ދެ ސެޓު ވެސް ކާބާ ކާމިޔާބުކޮށްފައިވަނީ 3-6 އިންނެވެ.

މިއީ 1996 ވަނަ އަހަރަށްފަހު ޖަރުމަނަށް ނިސްބަތްވާ ކުޅުންތެރިއަކު މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ،

"ހުވަފަނެއް ހަގީގަތަކަށް މިއޮތީ ވެގެން ގޮސްފަ. ސެރީނާ ކަހަލަ ޗެމްޕިއަނަކާއި ދެކޮޅަށް ކުޅޭއިރު އަހަންނަށް އިނގޭ ވަރަށް މޮޅަށް ކުޅެންޖެހޭނެކަން. ސެރީނާ އަކީ މޮޅު ޗެމްޕިއަނެއް. އަދި އެއީ އަހަރުމެން އެންމެންނަށް ވެސް ހުރި ނަމޫނާއެއް" މެޗަށްފަހު ކާބާ ބުންޏެވެ.

ރޭގެ މެޗުން ސެރީނާ ބަލިވިއިރު މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވިހެއުމަށްފަހު އޭނާ ވާދަކުރި ހަތަރުވަނަ މުބާރާތެވެ.

"އަހަރެން މި މެޗުގައި މި ކުޅުނީ ހުރިހާ މަންމައިންނަށްޓަކައި. އަހަރެން ވަރަށް މަސައްކަތް ކުރިން، އެކަމަކު ކާބާ މިއަދު ވަރަށް މޮޅަށް އެ ކުޅުނީ. މިގޮތުގައި ކުރިއަށް ގޮސް ދެން ހުރި މުބާރާތްތަކުގައި ކާމިޔާބީތައް ހޯދުމަށް މަސައްކަތް ކުރާނަން" ސެރީނާ ބުންޏެވެ.

ވިމްބަލްޑަން ކާބާ ކާމިޔާބުކުރިއިރު އޭނާ ވަނީ މީގެކުރިން އޮސްޓްރޭލިއަން އޯޕަން އާއި ޔޫއެސް އޯޕަން ވެސް މީގެކުރިން ކާމިޔާބުކޮށްފައެވެ.