ވޯލްޑްކަޕްގައި ފްރާންސްގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ ހޯދި ބޮޑު ކާމިޔާބީއަށް ބްރެޒިލްގެ ބަތަލު ޕެލޭ ތައުރީފްކޮށްފިއެވެ.

އެމްބާޕޭއަށް ޕެލޭ ތައުރީފްކޮށްފައިވަނީ އޭނާގެ ރަންޒަމާނުގައި ހަދާފައިވާ ދެ ރެކޯޑަކާއި އެމްބާޕޭ އަރާ ހަމަކުރުމުންނެވެ. އެގޮތުން މީގެ ކުރިން ޕެލޭއަތުގައި އޮތް ވޯލްޑްކަޕްގެ މެޗެއްގައި އެއް ގޯލަށް ވުރެއް ގިނަ ގޯލު ޖެހި ހަނގު ކުރުންތެރިޔާގެ ރެކޯޑާއި ވޯލްޑްކަލްގެ ފައިނަލްގައި ލަނޑެއްޖެހި ހަނގު ކުޅުންތެރިޔާގެ ރެކޯޑާއި އެމްބާޕޭ ވަނީ އަރާހަމަކޮށްފައެވެ.

ވޯލްޑްކަޕްގެ 20 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައިވާ އެމްބާޕޭއަށް ތައުރީފް ކުރަމުން ޕެލޭ ބުނީ ދެވަނަ ކުޅުންތެރިއަކު ވޯލްޑްކަޕްގެ ފައިނަލެއްގައި ލަނޑު ޖަހައިފިކަމަށެވެ. އަދި އެމްބާއްޕޭގެ ނަން ފާހަގަކުރަމުން ޕެލޭ ވަނީ އޭނާއަށް މަރުހަބާ ކިޔާފައެވެ.

ނަމަވެސް މަރުހަބާގެ މެސެޖަށް ފަހު ޕެލޭވަނީ އެމްބާއްޕޭއަށް އިންޒާރެއް ދީފައެވެ. އެގޮތުން ޕެލޭ ބުނީ އެމްޕާއްބޭ އޭނާގެ ޒަމާންވީ ރެކޯޑްތަކާއި އަރާހަމަކުރަނީ ނަމަ އަލުން ފުޓްބޯލައިގެ މައިދާނަށް ނުކުންނަން ޖެހިދާނެ ކަމަށެވެ. ނަމަވެސް ޕެލޭގެ އެބުނުމަކީ އޭނާ ސަމާސާއަކަށް ބުނި ބުނުމެކެވެ.

އުމުރުން 77 އަހަރުގެ ޕެލޭއާއި އޭނާ އަޅާނުކިޔޭނެ ކަމަށް އެމްބާއްޕޭ ވަނީ ބުނެފައެވެ. މިގޮތުން އެމްބާއްޕޭބުނީ ޕެލޭއަކީ ފުޓްބޯޅައިގެ ތާރީހުގައިވެސް އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށާއި ޕެލޭއާއި އޭނާ އަޅާ ނުކިޔޭނެ ކަމަށެވެ. ނަމަވެސް އަބަދުވެސް މަސައްކަތް ކުރާނީ ފުޓްބޯޅައިގައި އެންމެ އުހަށް ދިޔުމަށް ކަމުގައި އެމްބާއްޕޭ ވަނީ ބުނެފައެވެ.

"މޮޅުކުޅުމެއް ކުޅެގެން ރެކޯތަށް މުގުރާލުމަކީ މޮޅުކަމެއް. އަހަރެން އަބަދުވެސް މަސައްކަތްކުރީ އަމަރެންގެ އަމާޒަށް ވާސިލް ވުމަށް. އަދި އެ އަޒުމުގައި އަދިވެސް އަހަރެން މިހުރީ. އަހަރެންގެ އުންމީދެއް އެބައޮތް ފުޓްބޯޅައިގައި ކުރިއަށް ދިޔުމަށް. ޅަ އުމުރުގައި ވޯލްޑްކަޕެއް ލިބުމަކީ ކުރިއަށް ދިޔުމަށް އެތަކެއް ދޮރެއް ހުޅުވިގެންދިޔަ ކަމެއް" އެމްބާއްޕޭ ބުނެފައިވެއެވެ.