މުސްލިމު ފުޓްބޯޅަ ކުޅުންތެރިން ދަނީ ފުޓްބޯޅައިގެ މައިދާނުގައި ދުވަހަކަށް ވުރެއް ދުވަހެއް އިތުރުވަމުންނެވެ. އަދި ދުނިޔޭގެ މަޝްހޫރުކަން ހޯދަމުންދާ ކުޅުންތެރިންގެ އިސް ސަފުގައިވެސް މުސްލިމު ކުޅުންތެރިންގެ ހިއްސާ ބޮޑެވެ. އެގޮތުން މިސްރުގެ މުހައްމަދު ސަލާހު ފަދަ ކުޅުންތެރިން ފާހަގަކޮށްލެވެއެވެ.

މުސްލިމު ގިނަ ކުޅުންތެރިންތަކަކާއި އެކު ދުނިޔޭގައި ބޭއްވޭ ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ ވޯލްޑް ކަޕް ފްރާންސްއިން ރޭ މިވަނީ ކާމިޔާބުކޮށްފައެވެ. ޖުމްލަ 7 މުސްލިމު ކުޅުންތެރިން ހިމެނޭ ސްކޮޑަކާއި އެކު ފްރާންސުން މިއަހަރުގެ ވޯލްޑްކަޕްގެ ތަށި އުފުލާލިއިރު މުބާރާތް ކާމިޔާބުކުރުމުގައި ފްރާންސްގައި ތިބި މުސްލިމު ކުޅުންތެރިންގެ ދައުރު ބޮޑެވެ.

އެގޮތުން ރޭ ވޯލްްޑްކަޕްގެ ފައިނަލްގައި ކްރޮއޭޝިއާ ބަލިކޮށް ވޯލްޑްކަޕްގެ ތަށި އުފުލާލި ޓީމުގައި ހިމެނޭ މުސްލިމު ކުޅުންތެރިންނަކީ ޕީއެސްޖީއަށް ކުޅެމުން އަންނަ ބެންޖަމިން މެންޑީ އާއި މާސޭ އަށް ކުޅެމުން އަންނަ އަދީލް ރަމީ އާއި މޮނޯކޯއަށް ކުޅެމުން އަންނަ ސިޑީބޭ އާއި ލިޔޯން އަށް ކުޅެމުން އަންނަ ފޯވާޑް ނަބިލް ފަކީރް އާއި ޗެލްސީ އަށް ކުޅެމުން އަންނަ އެންގޯލޯ ކަންޓޭ އާއި މެންޗެސްޓާ ޔުނައިޓެޑްއަށް ކުޅެމުން އަންނަ މިޑްފީލްޑަރ ޕައުލް ޕޮގްބާގެ އިތުރުން ބާސެލޯނާއަށް ކުޅެމުން އަންނަ އޮސްމާނޭ ޑެމްބެލޭއެވެ.

މީގެކުރިން ވެސް ވޯލްޑް ކަޕްގައި ފްރާންސް ޓީމުގައި ހިމެނިގެން މުސްލިމް ގިނަ ކުޅުންތެރިންތަކެއް ވަނީ ކުޅެފައެވެ.  އެގޮތުން އެގައުމުގެ ބަތަލު ޒަައިނުއްދީން ޒިދާން އާއި ކަރީމް ބެންޒެމާ އާއި ފްރާންކް ރިބެރީ އަދި ސަމީރް ނަސްރީ ފަދަ ކުޅުންތެރިން ފާހަގަކޮށްލެވެއެވެ.

ފްރާންސް އިން މިއަހަރުގެ ވޯލްޑްކަޕް ކާމިޔާބުކޮށްފައިވާއިރު މީގެ ކުރިން ފްރާންސްއިން ވޯލްޑްކަޕްގެ ތަށި އުފުލާލީ ބްރެޒިލް ބަލިކުރުމަށް ފަހު 1998 ވަނަ އަހަރުގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސަލްމީނާ ޖޯންސް

    ތިއަރީ އޮންރީ ވެސް ކުރީގެ މަޝްހޫރު ކުޅުންތެރިއެއް.

  2. ބެންޒީމާ އަކީ ކޮންގައުމެއްގެ ކުޅުންތެރި އެއްބާ ގައިމުވެސް ފުރާންސް މީހެއްނޫން

  3. ނަމުން މުސްލިމުން؟؟؟؟؟