އާރޑިވިސްގެ ކްލަބް ކަމަށްވާ އަޔަކްސް އިން ނެރެފައިވާ ބަޔާނެއްގައި ބުނާގޮތުން މެންޗެސްޓާރ ޔުނައިޓެޑުގެ ޑޭލީ ބިލްންޑް ގެންނަން ދެ ޓީމުންވެސް އެއްބަސް ވުމަކަށް އައިސްފިއެވެ.

މެންޗެސްޓާރ ޔުނައިޓެޑު އަދި އަޔަކްސް އިން ބްލިންޑް އަޔަކްސް އަށް ބަދަލުވާން ހެދި އެއްބަސްވުމުގައި ވާގޮތުން އޭނާ އަޔަކްސް އާއި ގުޅޭނީ 4 އަހަރުގެ މުއްދަތަކަށެވެ. ބްލިންޑްގެ އަގަށް މެންޗެސްޓާރ ޔުނައިޓެޑަށް 14 މިލިއަން ލިބޭއިރު އިތުރު ފީތައް ހިމަނައިގެން 18 މިލިއަން ޕައުންޑް ލިބޭނެއެވެ.

28 އަހަރުގެ ޑޭލީ ބްލިންޑް މެންޗެސްޓާރ ޔުނައިޓެޑާއި ގުޅިފައިވަނީ 2014 ވަނަ އަހަރު ބްރެޒިލް ގައި ބޭއްވުނު ވޯލްޑް ކަޕުގައި ނެދަލޭންޑްސް އަށް ބްލިންޑް ކުޅެދިން މޮޅު ކުޅުމަށްފަހުގައެވެ. އޯލްޑް ޓްރެފޯޑް އަށް ބްލިންޑް އައީ 18.3 މިލިއަން ޔޫރޯ އަށެވެ.

ޑިފެންސްގެ އެކި ތަން ތަނަށް ކުޅޭ ޑޭލީ ބްލިންޑް ވަނީ ލުއީ ވެން ގާލް އަދި ހޯސޭ މޮއީނިއޯ އަށް ވެސް ވަރަށް މުހިންމު ކުޅުންތެރިއަކަށެވެ. ނަމަވެސް މޮރީނިއޯ ޔުނައިޓެޑާއި ހަވާލުވިފަހުން ބްލިންޑް އަށް ކުޅެން ގިނަ ފުރުސަތު ލިބިފައެއް ނުވެއެވެ.

2015 ވަނަ އަހަރުގެ ސީޒަނުގައި ލުއީ ވެން ގާލްގެ ދަށުން ބްލިންޑް، 35 މެޗު (ފުރަތަމަ އެގާރަައިގައި) ކުޅެފައިވާއިރު ޖެހިގެން އައި ސީޒަނުގައި މޮރީނިއޯގެ ދަށުން އޭނާ ކުޅެފައިވަނީ 23 މެޗުގައެވެ. އަނިޔާ އާއި ގުޅިގެން ބައެއް މެޗުގައި ނުކުޅެވުނު ނަމަވެސް ގިނަ މެޗުގައި ބްލިންޑް އަށް ފުރުސަތު ނުލިބުނީއެވެ.

މީގެ އިތުރުން ޑޭލީ ބްލިންޑް އެންމެ ފުރަތަމަ ކުޅުނު ކްލަބަކީވެސް އަޔަކްސް އެވެ، އޭނާ އެންމެ ފުރަތަމަ ކުޅެފައިވަނީ 2008 ވަނަ އަހަރުގައެވެ. އަޔަކްސް އަށް ބްލިންޑް ވަނީ 143 މެޗު ކުޅެދީފައެވެ.

ކިޔުންތެރިންގެ ހިޔާލު