ރިއަލް މެޑްރިޑުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސް އިން ގެންނަން ބޭނުންވީ އޭޕްރިލް މަހު އޭނާ ޖެހި އޯވާހެޑް ލަނޑުގެ ސަބަބުން ކަމަށް އެޓީމުން ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގައި ޔުވެންޓަސް ކޮޅަށް ރޮނާލްޑޯ ޖެހި މައްޝޫރު އޯވާހެޑް ލަނޑުގެ ސަބަބުން ރޮނާލްޑޯ ގެނައުމުގެ ވިސްނުން ކްލަބަށް އައި ކަމަށް ޔުވެންޓަސްގެ ސްޕޯޓިން ޑިރެކްޓަރު ފެބިއޯ ޕެރެޓީސީ ބުންޏެވެ. ޗެމްޕިއަންސް ލެގު ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ރޮނާލްޑޯ ވަނީ ޔުވެންޓަސް ކޮޅަށް ދެ ލަނޑު ޖަހާފައެވެ.

ހަމަ އެހެންމެ ރޮނާލްޑޯގެ މި ރީތި ލަނޑަށް ފަހު ޔުވެންޓަސްގެ ސަޕޯޓަރުން ވެސް ވަނީ ކޮޅަށް ތެދުވެ އޭނާ އަށް ތައުރީފު ކޮށްފައެވެ. "ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަށް ފަހު އޭނާ އަށް ޔުވެންޓަސްގެ ފަރާތުން ލިބުނު ސަޕޯޓު ބޮޑު ކަމުން އޭނާ ވަނީ އާޝޯހު ވެފައި، އަދި އޭނާ ބުނީ ކޮންމެވެސް ދުވަހަކު ޔުވެންޓަސް އަށް ކުޅެން ބޭނުން ކަމަށް" ރޮނާލްޑޯގެ އޭޖެންޓު ބުންޏެވެ.

ޔުވެންޓަސް އަށް އައި ވިސްނުން ހަގީގަތަކަށްވީ މިމަހު ކުރީކޮޅުގައެވެ. 100 މިލިއަން ޕައުންޑަށް ރޮނާލްޑޯ ވަނީ ރިއަލް މެޑްރިޑް ދޫކޮށް ޔުވެންޓަސް އަށް ބަދަލު ވެފައެވެ. ހޯމަ ދުވަހު ރޮނާލްޑޯ ޓުރިންގައި ޔުވެންޓަސް ޖާޒީގައި ފެނިގެން ދިޔައިރު ޕެރެޓީސީ ބުނެފައިވަނީ، ރޮނާލްޑޯގެ އޭޖެންޓާއި ދެކެވުނު ވާހަކައިން މިދިޔަ ޖޫން މަހުގެ ފަހުކޮޅު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށެވެ.

"ރޮނާލްޑޯ އަކީ ދުނިޔޭގެ އެންމެ ވަރުގަދަ ކުޅުންތެރިޔާ، އޭނާގެ އެއްބަސްވުން ކުރިޔަށް ގެންދިޔައީ އެފަދަ ބޮޑު ދެ ކްލަބު ދެމެދުގައި، އެހާ ބޮޑު ކުޅުންތެރިއެއްގެ ޓްރާންސްފާ ހަދަން ދަސޭހަ ވެގެން ދިޔައީ މެންޑެސް ކަހަލަ މޮޅު އޭޖެންޓެއްގެ ސަބަބުން" ޕެރެޓީސީ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސޭނުބޭ

    އެހެންވިއްޔާ އެފަދަ ލަނޑެއްޖަހަން 12 އަހަރު ނަގާނެ. އެސޮރަށް މެޑްރިޑަށް އެފަދަ ގޯލެއްޖެހުނީ އޭރިޔާތެރޭގައި ތެޅިއަރުވާތާ 9 އަހަރު ފަހުން.

  2. އަލީނާ

    ހުސޭނުބޭމެންހަމަ ޖޭ ވަނީ ރޮނާލްޑޯ ރީތިވީމަ ގާރލްސް ރޮނާލްޑޯވެގެން އުޅޭތީވެ.

    • ހުސޭނުބޭ

      ރޮނާލްޑޯއަކީ ފިރިހެނުންނަށް ހިތްކިޔާ މީހަކަށްވިއްޔާ އެންމެ ބޮޑަށް ޖޭވާނީ މަންޖެމެން.

  3. ނޫން

    ޜޮނާލްޑާ ނޫން އެންމެ ތަންފުކެއްވެސް ރީއްޗެއް