ކުރިޔަށް އޮތް ސީޒަން ފެށުމުގެ ކުރިން މެންޗެސްޓާރ ޔުނައިޓެޑު ޓީމު އެމެރިކާ އަށް ކުރި ދަތުރުގައި އެޓީމުގެ ފޯވާޑު އެލެކްސިސް ސަންޗޭސް އަށް ބައިވެރި ނުވެވުނެވެ،

29 އަހަރުގެ ޗިލީ އަށް ނިސްބަތްވާ ސަންޗޭސް އަށް ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ޓެކްސް މައްސަލަ އެއްގައި 16 މަސްދުވަސް ވަންދެން ޖަލުގައި ބަންދު ކުރުމަށް ހުކުމް ކޮށްފައެވެ. އެހެން ކަމުން އެމެރިކާގެ ޤާނޫނުތައް ބުނާގޮތުން އެއްވެސް މައްސަލަ އެއްގައި ހުކުމް ކޮށްފައިވާ މީހަކަށް އެމެރިކާ އެތެރެ ނުވެވޭނެއެވެ.

މިހާރު ސަންޗޭޒް އަންނަނީ އެމެރިކާ އަށް ދެވޭނެ ގޮތެއް ހޯދައި އޭނާގެ ވަކީލާއި ވާހަކަ ދައްކަމުން ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ހީކުރި ވަރަށް ވުރެ ގިނަ ދުވަސް މިކަމަށް ހޭދަ ވެއެވެ، އެމެރިކާގައި ކުރިޔަށް ގެންދާ ޕްރީ ސީޒަން މުބާރާތުގެ ފުރަތަމަ ކޮޅު ސަންޗޭސް އަށް ކުޅެވޭނެ ކަމުގެ ޔަގީން ކަމެއް ނެތެވެ.

އިންޓަރނޭޝަނަލް ޗެމްޕިއަންސް ކަޕުގައި މެންޗެސްޓާރ ޔުނައިޓެޑު ބައްދަލު ކުރާނީ ސަން ހޯސޭ އާތްކުއޭކް، އޭސީ މިލާން، ލިވާރޕޫލް އަދި ރިއަލް މެޑްރިޑް އާއިއެވެ. މެންޗެސްޓާރ ޔުނައިޓެޑު ޓީމުން އާދިއްތަ ދުވަހު އެމެރިކާގެ ލޮސް އޭންޖެލެސް އަށް ދަތުރު ކުރި އިރު ވޯލްޑް ކަޕުގައި ބައިވެރިވި ކުޅުންތެރިން ފިޔަވައި ދަތުރު ނުކޮށް މަޑުކުރީ ސަންޗޭސް އެކަންޏެވެ.

ނަމަވެސް މިދިޔަ ހަފްތާގައި ކެރިންޓަންގައި ކުރިޔަށް ގެންދިޔަ ފަރިތަކުރުން ތަކުގައި ސަންޗޭސް ބައިވެރި ވެފައި ވާކަން މެންޗެސްޓާރ ޔުނައިޓެޑުން ސޯޝަލް މީޑިއާގައި ޕޯސްޓު ކުރި ފޮޓޯ އަކުން ވަނީ ޔަގީން ވެފައެވެ. ލޮސް އޭންޖެލެސް އަށް ދަތުރު ކުރި ކުޅުންތެރިންގެ ތެރޭގައި ހުއަން މަޓާ އެންޑާ ހެރޭރާ އަދި އެންޓޯނިއޯ ވެލެންސިއާ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަފާބެ

    ބުއްޅަބޭ އެމެރިކާޔަށް ދިޔައީ ހަމަ ގައިމުން 13އަހަރުގެ ހުކުމެއްގަހުރެގެން!

    • ހުސޭނުބޭ

      ސަންޗޭޒްވެސް ތަންތާ ހުޅުޖަހާފައި މިނިވަން ޤައުމަކަށް އަރާގަތުމަށް އިންޑިޔާ ސިފައިންނަށް ގޮވާލިނަމަ ވިސާ ލިބުނީސް!