އިޓަލީގެ ޔުވެންޓަސް އަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރ ބެލެއިސޭ މަޓުއިޑީ ދާދި ފަހުން ސްޕެއިންގެ ރެއާލް މެޑްރިޑް ދޫކޮށް އެ ކުލަބާއި ގުޅުނު ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ޖޯކް ޖަހައިފިއެވެ.

އެގޮތުން މަޓުއިޑީ ޑެލޯ ސްޕޯޓްސްއަށް ދިން އިންޓަވިޔުއެއްގައި ބުނީ މީގެ ދެއަހަރު ކުރިން ރޮނާލްޑޯ އޭނާ ބަލިކޮށްފައިވާކަމަށާއި ނަމަވެސް މިއަދު ރޮނާލްޑޯއަށް ޖެހިފައި އެވަނީ ދުނިޔޭގެ ޗެމްޕިއަން އަކާއެކު ޑްރެސިންގް ރޫމް ހިއްސާކުރަން ކަމަށެވެ.

"މީގެ ދެއަހަރުކުރިން ރޮނާލްޑޯވަނީ ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި އަހަރެން ބަލިކޮށްފައި. ނަމަވެސް މިއަދު ރޮނާލްޑޯއަށް ޖެހިފައި އެވަނީ ދުނިޔޭގެ ޗެމްޕިއަންއަކާއި އެކު ޑްރެސިންގް ރޫމް ހިއްސާ ކުރަން." މަޓުއިޑީ ބުނެފައިވެއެވެ.

އަދި ވޯލްޑްކަޕަކީ ޔޫރަޕިއަން ޗެމްޕިއަންޝިޕްއަށް ވުރެއް ހުރިހާ ގޮތަކުންވެސް މާ ބޮޑު އަދި މާ ޝަރަފުވެރި މުބާރާތެއްކަމުގައި ފްރާންސާއި އެކު މިއަހަރުގެ ވޯލްޑްކަޕްގެ ތަށި އުފުލާލައިފައިވާ މަޓުއިޑީ ބުނެފައިވެއެވެ.

އަދި ރޮނާލްޑޯފަދަ ކުޅުންތެރިއަކު ޔުވެންޓަސްއަށް އައުމަކީ ލިބުނު އުފާވެރި ހަބަރެއް ކަމަށާއި ޔުވެންޓަސްގައި މިހާރު ހުރީ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް މަޓުއިޑީ ބުނެފައިވެއެވެ.

އަދި ރޮނާލްޑޯއަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި ރޮނާލްޑޯ ޔުވެންޓަސްއަށް ގެންނަން ޔުވެންޓަސްއިން ކުރި މަސައްކަތަށް މަޓުއިޑީ ވަނީ ޝުކުރު އަދާކޮށްފައެވެ.

2009 ވަނަ އަހަރު މެންޗެސްޓަރ ޔުނައިޓެޑުން ރެއާލް އަށް ބަދަލުވިރޮނާލްޑީއަކީ ރެއާލް މެޑްރިޑްގެ ތާރީހުގައި ވެސް އެ ކުލަބަށްއެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދީފައިވާ ކުޅުންތެރިޔާއެވެ. އެގޮތުން ރޮނާލްޑޯ ވަނީ ރެއާލް އަށް ކުޅެދިން 438 މެޗުގައި 451 ލަނޑު ކާމިޔާބުކޮށްދީފައެވެ.

ރޮނާލްޑޯ އަކީ ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމު ފަސް ފަހަރެއްގެ މަތިން ހޯދާފައިވާ ކުޅުންތެރިއެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢަޒީ

    ޑދެން ކޮބާ ޖޯކު ޖެހިފަ.... އޭނަޢެބުނީ ދުނިޔޭގެ އެންމެ މޮޅުކުޅުންތެތިޔަކީ ރޮނާލްޑޯ އޭ

  2. ހާޖާނު

    ހުސް މޮޔަ ވާހަކަ

  3. Anonymous

    ހހހހހހހ