ލިވަޕޫލް އަށް ކުޅެމުން އަންނަ މިސްރު ފޯވާޑް މުހައްމަދު ސަލާހް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ މަންޒަރު ފެންނަ ފޮޓޯތަކެއް އޭނާ ދަނީ މީސް މީޑިޔާގައި ހިއްސާ ކުރަމުންނެވެ. އެ ފޮޓޯތަކަށް އެތައް ބައެއްގެ ސަމާލުކަން ލިބެމުން އަންނައިރު، އޭނާއާ ބައްދަލުކުރަން ބޭނުންވެގެން އެތައް ދިވެހިންނެއްވެސް މީސް މީޑިޔާގައި ދިޔައީ އެ ވާހަކަދައްކަމުންނެވެ.

ޓްވިޓާގައި ގިނަބަޔަކު ސަލާހްއާ ބައްދަލުކުރަން ބޭނުންވެގެން އެ ވާހަކަދައްކަމުންދިޔައިރު، ސަލާހް ވަނީ މީގެ ކުރިން ސަޕޯޓަރުން ތަކަކާއި ބައްދަލުކޮށްފައެވެ.

https://www.instagram.com/p/BlRThKjFsBS/?utm_source=ig_share_sheet&igshid=10qoawmlibv3g

އެފަހަރު ސަލާހް އޭނާގެ ސަޕޯޓަރުންނާއި ބައްދަލުކޮށްފައި ވަނީ އޭނާ ލިވަޕޫލްގައި ދިރިއުޅެމުންދިޔަ ގެ ކައިރިންނެވެ. އޭނާ ދިރިއުޅޭ ގޭގެ އެޑްރެސް ލީކުވުމާއި ގުޅިގެން ގިނަބަޔަކު އެގޭ ދޮަށަށް އެއްވިއިރު، އޭނާ ވަނީ އެ މީހުންނާއި ބައްދަލުކޮށްފައެވެ.

https://www.instagram.com/p/BlZsWf4lVV5/?utm_source=ig_share_sheet&igshid=b3v8y770kksn

މީސް މީޑިޔާގައި ދައުރުވަމުންދާ ފޮޓޯތަކުން އިނގޭގޮތުގައި، ސަލާހް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު ވަނީ ފުރާފައެވެ. އެހެން ނަމަވެސް އެކަން ކަށަވަރެއް ނޫނެވެ.

ހުރަވަޅި ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ސަލާހް މީސް މީޑިޔާގައި ހިއްސާ ކުރަމުންދިޔަ ފޮޓޯތަކުން އިނގޭ ގޮތުގައި، އޭނާއަކީ ވަަރަށް މޫދު ދެކެ ލޯބިވާ މީހެކެވެ. އޭނާ ހިއްސާ ކުރި ތިން ފޮޓޯއިންވެސް ފެންނަނީ މޫދެވެ.

https://www.instagram.com/p/BlYaM1jloHL/?utm_source=ig_share_sheet&igshid=164smqmqnviw9

ސަލާހް އަކީ މިދިޔަ ސީޒަންގައި ލިވަޕޫލްގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެވެ. އެގޮތުން ސަލާހްވަނީ ލިވަޕޫލްގެ ތާރީހުގައިވެސް އެއް ސީޒަނެއްގައި އެންމެ ގިނަ ޖޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑް މުގުރާލައިފައެވެ.

ޕްެރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު މިދިޔަ ސީޒަނުގައި ހޯދި ސަލާހް އަކީ ކަޅު ނަސްލުގެ އެންމެ މޮޅު ކުޅުންތެރިޔާވެސް މެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކިޔުންތެރިޔާ

    ކަޅު ނަސްލޭ، އޭނާ ދިވެހިންނަށް ވުރެ ދޮން.

  2. ނަސްލޭ

    ކަޅުނަސްލޭ؟؟ އެއީ އަރަބި ނަސްލު އެރޭބްސް.. މިސްރު އަދި އެފްރިކާ ބައްރުގަ އޮތަސް އެއީ އަދި އެފްރިކާ ދަރިކޮޅު ނުވަތަ ކަޅު ނަސްލުގެ ބައެއް ނޫން

  3. ސަހުދާން

    ތިޔައީ އެންމެ 2 ފޮޓޯނޫންތަ. އަދި ވެއްޖެ ބައިވަރު

  4. އަފްނާން

    ވަރަށް އުފާވޭ.