ރެޑްބުލް ނޭމާ ޖޫނިއާސް ފައިވް ފުޓްސަލް މުބާރާތުގެ ރާއްޖޭގެ ޗެމްޕިއަންކަން ހޯދި ޓީމު ކަމަށްވާ ކްލަބު ޓީނޭޖް، މުބާރާތުގައި ބައިވެރިވުމަށް ބްރެޒިލް އަށް ގޮސްފިއެވެ. މި ޓީމު ބްރެޒިލް އަށް ގޮސްފައިވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.

ރާއްޖޭގެ ޗެމްޕިއަންކަން ޓީނޭޖުން ހޯދީ ފައިނަލް މެޗުގައި ފްރީ ފަޔާއާ ބައްދަލުކޮށް 1-5 އިން ކުރި ހޯދައިގެންނެވެ.

ޓީނޭޖުގައި ހިމެނޭ ކުޅުންތެރިންނަކީ ޒައިދާން އަހުމަދު، އިސްމާއިލް ފާތިހު، ހުސެއިން ނާޝިދު، ހުސެއިން ޝަރީފް، މުހައްމަދު ރިއްފަތު، އަހުމަދު އަޔާޒް އަދި އިބްރާހިމް މުބީން އަހުމަދު ރަޝީދެވެ.

ނޭމާ ފައިވް މިއަހަރުގެ މުބާރާތުގެ ކޮލިފައިން ބުރު ރާއްޖޭގެ ހަތް ސަރަހައްދެއްގެ އިތުރުން ރިސޯޓެއްގައި ވެސް ބާއްވާފައިވެއެވެ. އެއީ ރީތިރަށް ރިސޯޓާއި، ގދ.ތިނަދޫ، ހދ.ކުޅުދުއްފުށި، ލ.ގަން، ގއ.ވިލިނގިލި، ސ.ގަން، ޏ.ފުވައްމުލަކުގެ އިތުރުން މާލޭގައެވެ.

މުބާރާތުގެ ކޮލިފައިން ބުރުގައި ޖުމްލަ 24 ޓީމަކުން ވާދަކޮށްފައިވެއެވެ. މިއީ ކްލަބު ޓީނޭޖުން މި މުބާރާތުގައި ބައިވެރިވާ ދެވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

މުބާރާތުގެ ކުޅުން މިއަދު ފެށިއިރު ކްލަބު ޓީނޭޖް ލައްވާލާފައިވަނީ ގްރޫޕް ކޭ ގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ދެކުނު އެފްރިކާ އާއި މޮރިޝަސް އާއި ޔުކްރޭންގެ އިތުރުން އަލްޖީރިއާގެ ޗެމްޕިއަންކަން ހޯދި ޓީމެވެ.

މިއީ ޕީއެސްޖީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ އާއި ރެޑްބުލް ގުޅިގެން މި މުބާރާތް ބާއްވާ ތިންވަނަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބާނިޔޫސޭ

    މުބާރާތް ނިންމާލާފަ އަންނަ މަގުމަތީގައި އަނެއްކާ ކޯޗާއި އެކު ހޮހަޅަ އަށް ނުވަންނައްޗޭ. ނެރެން ހާދަ އުނދަގުލޭ.

  2. ބާނިޔޫސޭ

    މުބާރާތް ނިންމާފަ އަންނަމުން އަނެއްކާ ކޯޗް ގޮވައިގެން ހޮހަޅައަށް ނުވަންނައްޗޭ. އެތަނުން ނެރެން ހާދަ އުނދަގުލޭ.

  3. ނިއުމާ ޖޫނިއޯ

    އެބުނާހެން ކޮންމެސް ނުވަންނާތި...ވަރަށް އުދަނގުލޭ ނެރެން....އެކަމަކު ނޭމާ ފުރޮޅޭހެން ފުރޮޅެން ދަސްކޮށްގެން އަންނާތި....????

  4. މީހާ

    އެތެދެއްް ކޮންމެހެން ހަދާފަވެސް ފުރޮޅެން ދަސްކޮއްގެން ދަސްކޮއްގެން އަންނަން ވާނީ