ފިތުރު އީދާ ގުޅުވައިގެން ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކޮންމެ އަހަރަކުހެން ބާއްވަމުން ގެންދާ ބައިބަލާ މުބާރާތް މިއަހަރު ބާއްވަން ނިންމައިފި އެވެ.

އެ އެސޯސިއޭޝަނުން ބުނީ އީދާ ދިމާކޮށް “ބައިބަލާ ޗެލެންޖް 1443” މި އަހަރު އޮންނާނެ ކަމަށެވެ.

އެ މުބާރާތް މި ފަހަރު ބާއްވަނީ ކޮވިޑާ ގުޅިގެން ފާއިތުވި ދެ އަަހަރު ނުބާއްވާ އޮތުމަށް ފަހުއެވެ.

މި ފަހަރުގެ މުބާރާތް ބޭއްވުމަށް ތައްޔާރުވުމުގެ ގޮތުން ބައިބަލާ އެސޯސިއޭޝަނުން މިހާރު ތައްޔާރީތައް ވަމުންދާ އިރު މިދިޔަ މަހު އެ އެސޯސިއޭޝަނުން ވަނީ ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއެކު މަޝްވަރާތަކެއް ވެސް ބާއްވައިފައެވެ. ނަމަަވެސް އެ މަޝްވަރާތަކުގެ ތަފްސީލެއް ނުލިބެއެވެ. އަދި އެކަމާ ގުޅޭ ގޮތުން އެސޯސިއޭޝަންގެ ބަހެއް ވެސް ނުލިބެ އެވެ.

އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި ބައިބަލާ މުބާރާތުގެ ޗެމްޕިއަންއަކީ ކުޑަ ހެންވޭރު ޔުނައިޓެޑް އެވެ.

ބައިބަލާ އަކީ ކޮންމެ އީދަކާ ދިމާކޮށް ވަރަށް ފޯރިއާއެކު ކުރިއަށް ގެންދާ ކުޅިވަރެއް ކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢިމްތިޔާޒް ޙަލީމު

    ތީ ގޭނގުތަކުގެ މެދުގައި ބޭއްވޭ މުބާ ރާތެއް. މުޖުތަމައު ހަލަކުވެ ތަޅާފޮޅުމައި ގެޭންގުފައިޓު އުފެދޭ ކުޅިވަ ރެއް. އެއްގޮތަކަށްވެސް ގޭންގުތައް އަލުން އުފެދުނަދިގެން ނުވާނެ.