ފުޓްބޯޅައިގައި " ދަ ގޯޓް" މާނަ ކުރަނީ ހުރިހާ އިރެއްގެ އެންމެ މޮޅު ކުޅުންތެރިޔާއަށެވެ. ދާދި ފަހަކާއި ޖެހެންދެން "ދަގޯޓް" ގެ ލަގަބު އޮތީ ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ އަތުގައެވެ.

ނަމަވެސް މިއަހަރުގެ ފީފާ ވޯލްޑްކަޕްގައި ސްޕެއިން ކޮޅަށް ހެޓްރިކް ހެދުމަށް ފަހު ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނީ ރޮނާލްޑޯ ވަނީ އޭނާ އަކީ "ގޯޓް" ނުވަތަ ހުރިހާ އިރެއްގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމުގައި ބުނެފައެވެ.

ރޮނާލްޑޯގެ އެބުނުމާއި އެކު ދެ ތަރިންގެ ވާދަވެރިކަން އިތުރުވެ ހަޤީޤަތުގައި ވެސް އެންމެ މޮޅު ކުޅުންތެރިޔާ އަކީ ކޮބާކަމާއި މެދު ސުވާލު އުފެދުނެވެ. އެހެންކަމުން ކުޅިވަރު ހަބަރު ގެނެސްދޭ "ސްޕޯޓްސް ބައިބަލް" އިން ވަނީ ހުރިހާ އިރެއްގެ އެންމެ ކޮޅު ކުޅުންތެރިޔާ ހޮވުމަށް ޓްވީޓާގައި ޕޯލެއް ހުޅުވާލައިފައެވެ.

ބްރެޒިލްގެ ލެޖެންޑް ޕެލޭ އާއި އާޖެންޓީނާގެ ބަތަލު މެރެޑޯނާ އާއި އެ ގައުމުގެ ކެޕްޓަން މެސީ އާއި ޕޯޗުގަލްގެ ރޮނާލްޑޯގެ ނަން ހިމެނޭ އެޕޯލްގައި ކިޔުންތެރިންނަށް ވަނީ އެންމެ މޮޅު ކުޅުންތެރިޔާ ހޮވުމަށް ދޫކޮށްލާފައެވެ.

26،104 މީހުން އެ ޕޯލަށް ވޯޓުލާފައިވާއިރު ވޯޓުލީ މީހުންގެ ތެރެެއިން 44 އިންސައްތަ މީހުން ވޯޓު ދީފައިވަނީ މެސީ އަށެވެ. އަދި މެސީއާއި ޖެހިގެން އެންމެ ގިނަ ވޯޓު ދާދި ފަހުން ސްޕެއިންގެ ރެއާލް މެޑްރިޑް ދޫކޮށް އިޓަލީގެ ޔުވެންޓަސް އާއި ގުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބިފައިވާއިރު އޭނާއަށް ލިބިފައިވަނީ ވޯޓުގެ 36 އިންސައްތައެވެ. 15 އިންސައްތައާއި އެކު ޕެލޭއަށް ތިންވަނަ ލިބޭއިރު އެންމެ ފުލުގައި 5 އިންސައްތައާއި އެކު އޮތީ މެރެޑޯނާއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަޝްރަފް

    ވޯޓުން މެސީ 1 ވަނަ ހޯދުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫން. ރޮނާލްޑޯ އަކީވެސް މޮޅު ކުޅުންތެރިއެއް. އެކަމަކު އިންޑިވިޖުއަލީ މެސީ މާތަފާތު މޮޅު.

  2. މެސީ

    ގޯޓް

  3. Anonymous

    ޕެނާލްދޯ! މަމޮޅޭ ވެގެން އަމިއްލައަށް ބޮޑޭވެގެން މަވަރުގެ މީހަކު ނެތިގެން އުޅޭ މީހެއް!! އެއްޗެއް ވިސްނިފަހުންނާނީ. ވ. ސަލާމް.

  4. ހަބީ.

    މެސީމާމޮޅު ކޮއްޓާފަ ގޯލުޖަހަން

  5. މެސިި ގެ ފޭންއެއް

    ޙަމަ ރަނގަޅަށް ތި ބުނީ

  6. ރޔ

    މެސީ ޕުއްޕު ލާ

  7. މެސީ

    އާނ މެސީ ހަމަ މޯޅީ ރޮނާލްޑޯ އަށް ވުރެ....މެސީ ކޮން އިރަކު ދަށީ....މެސީ އަބަދުވެސް މޮޅުވާނެ....