މިފަހަރު ރަޝިޔާގައި ކުރިޔަށް ދިޔަ ވޯލްޑް ކަޕުގައި ފްރާންސް ޗެމްޕިއަން ކަން ނެގި އިރު ޒުވާން އެމްބާޕޭ ވަނީ މުޅި ދުޔިނެއަށް އޭނާގެ ހުނަރު ދައްކާލާފައެވެ.

ހަމަ އެހެންމެ އެޓީމަށް ވޯލްޑް ކަޕު ތަށި ލިބުނު އިރު އެމްބާޕޭ އާއި އެކު ކުޅުނު ބަކަޔޮކޯ ގަބޫލު ކުރަނީ އެމްބާޕޭ އަށް ވުރެ މޮޅު ކުޅުންތެރިއެއް ދުނިޔޭގައި ނެތް ކަމަށެވެ. ފައިނަލް މެޗުގައި 2-4 ގެ ނަތީޖާ އަކުން ކްރޮއޭޝިޔާ ބަލިވި އިރު އޭނާ ވަނީ ޕެލޭ އަށް ފަހު ވޯލްޑް ކަޕު ފައިނަލެއްގައި ލަނޑު ޖެހި ފުރަތަމަ ފުރާ ވަރުގެ ކުޅުންތެރިއާ އަށް ވެފައެވެ.

ކުރީގައި އެމްބާޕޭ އެކީގައި މޮނަކޯ އަށް ވެސް ކުޅެފައިވާ ބަކަޔޮކޯ ބުނެފައިވަނީ އެމްބާޕޭ އަކީ މިހާރު ލިއޯ މެސީ އަދި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ވުރެން މޮޅު ކުޅުންތެރިއެއް ކަމަށެވެ. "އަހަރެން އަޖައިބެއް ނުވޭ އެމްބާޕޭ ހޯދަމުން އަންނަ ކާމިޔާބީ އާއި މެދު، އެމްބާޕޭ އަކީ ކުޑަ، އެކަމް ވަރަށް ވިސްނުން ތޫނު ކުއްޖެއް" ބަކަޔޮކޯ ގޯލް އާއި ވާހަކަ ދައްކަމުން ބުންޏެވެ.

ބަކަޔޮކޯގެ އިތުރުން ފްރާންސްގެ ޑީފެންޑަރު އަދި ރިއަލް މެޑްރިޑަށް ވެސް ކުޅެމުން އަންނަ ރަފައެލް ވަރާން އެމްބާޕޭ ސިފަ ކޮށްފައިވަނީ އޭލިއެން އެއްގެ ގޮތުގައި އެވެ. ފްރާންސް އަށް ވޯލްޑް ކަޕު ތަށި ލިބުނު ނަމަވެސް ބަކަޔޯކޯ މި މަންޒަރު ބަލަން ޖެހުނީ ގޭގައި ހުރެގެންނެވެ. ސެލެކްޝަނުގައި ޓީމަށް ނުނެގުމުގެ ސަބަބުން އޭނާ ގޭގައި ހުންނަން ޖެހުނު ކަމުގައި ވީނަމަވެސް ފްރާންސް އިން ހޯދި ކާމިޔާބީ އަށް އޭނާ ފަހުރުވެރިވޭ

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުރަސް

    ސުމެއް މޮޅުކުޅުމެއް މިފަހަރަކު ދެއްކުނު މީހަކުނެއް

  2. ރަނގަޅު

    ރަނގަޅަށް ތި ބުނީ، އެމްބާއްޕޭ މޮޅު ބަޓް ނޮޓް އޮންލީ ހިމް އިވަން ރަކިޓިޗް އޯލްސޯ....ދިސް އިޒް މައި އޮޕީނިައަން??✌