ތ.ތިމަރަފުށި ފުޓުބޯޅަ ދަނޑު އީދު ދުވަހު ހުޅުވަން ތައްޔާރުވެފައި ވަނިކޮށް، އެ ދަނޑަށް ބޮޑެތި ގެއްލުންތަކެއް ދީފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން ތިމަރަފުށި ކައުންސިލްގެ ނައިބްރައީސް މުހައްމަދު އަފުލަހު ވިދާޅުވީ، ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިންމައި، އީދު ދުވަހު ހުޅުވުމަށް ކައުންސިލްއާ ގުޅިގެން ރަށުގެ ޖަމިއްޔާތަކާއި، ރައްޔިތުން އައީ މަސައްކަތް ކުރަމުން ކަމަށާއި، ނަމަވެސް ރޭގެ ވަގުތެއްގައި ދަނޑަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށެވެ.

އަފުލަހު ވިދާޅުވީ، މި ނާތަހުޒީބު އަމަލު ހިންގާފައިވަނީ ދަނޑުގެ ފެންސްތައް ކަފާލައިގެން ވަދެ ކަމަށާއި، ޓާފުގެ އިތުރުން ގޯލު ދާގަނޑު ކަފާލާފައި ވަނީ ވަޅިއެއް ބޭނުން ކޮށްގެން ކަމަށެވެ. އަދި ދަނޑަށް ގެއްލުންދިން ވަޅި އެތަނުގައި އޮތް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

"ރޭ އަޅުގަނޑުމެން މަސައްކަތް ނިންމާފައި ގެއަށް ދިޔަފަހުން ދަނޑަށް ގެއްލުން ދިނީ. ފެންސް ކަފާލައިގެން ފެންސާ ދިމާލުގައި ލޭ ކަމަށް ބެލެވޭ އެއްޗެއްވެސް ހުރި. އެތެރެއަށް ވަދެ ގޯލު ދާގަނޑާއި، ޓާފްތަކަށް ގެއްލުން ދިނީ ވަޅިއަކުން. ގެއްލުން ދިން ވަޅި އެތަނުގައި އޮތް. ގެއްލުން ދިންކަން އެނގުނީ މިއަދު ހަވީރު މަސައްކަތް ކުރަން އަނެއްކާވެސް ދަނޑަށް ވަތްއިރު" ތިމަރަފުށި ކައުންސިލްގެ ނައިބްރައީސް އަފުލަހު ވިދާޅުވިއެވެ.

މި މައްސަލަ މިއަދު ހަވީރު ފުލުހުންނަށް ހުށަހަޅާފައިވާކަން ފާހަގަކުރައްވާ އަފުލަހު ވިދާޅުވީ، މިއީ ވަރަށް ކޮންމެ ބަޔަކު ކުރި ނަމަވެސް ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި، މިކަމާ ގުޅިގެން ރަށުގެ ޒުވާނުންތައް ތިބީ ވަރަށް ރުޅިގަދަވެފައި ކަމަށެވެ.

ތިމަރަފުށި ފުޓުބޯޅަ ދަނޑަށް ގެއްލުން ދިނުން

ނަމަވެސް، އީދު ދުވަހު ދަނޑު ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ލިބިފައި ހުރި ގެއްލުންތައް ބަލައި، މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އަފުލަހު ވަނީ ވިދާޅުވެފައެވެ. އެގޮތުން އޭނާ ވިދާޅުވީ، އެކި މީހުންގެ ލަފާ ހޯދައިގެން މަރާމާތު ކުރަން ބޭނުންވާ ސާމާނު ކައިރި ރަށްތަކުން ހޯދުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވީ، ތިމަރަފުށީ ދަނޑުގެ މަސައްކަތް ނިންމާލާފައިވަނީ ވަރަށް ބޮޑު ގޮންޖެހުމަކާއެކު ކަމަށާއި، ކޮންމެ ސަބަބަކާހެދި ނަމަވެސް މިފަދަ ދެރަ އަދި ފިނޑި އަމަލުތަކުން ދުރުވާންޖެހޭ ކަމަށެވެ. އަދި މީގެ ސަބަބުން ހުރިހާ ދެރައެއް ލިބެނީ ރަށުގެ ރައްޔިތުންނަށް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދެންދޯ

    ކުޅަނދު މަދުވީމަވާގޮތް ……

    6
    1
  2. ޑިކޯ

    ހޯން. ތިމަރަފުށި ކުދިން އުޅޭ ވައްތަރެއް ދޯ.

    10
  3. ޏނ

    ކޮންތާކު ....ތި ހެ ދިބަޔަކަށް އަނެއްކާވެސް ލާރި ގަނޑެއް ދޭންވެގެން......ޖައްސާ މަޅި

    5
    5
  4. ހުސޭނުބޭ

    ޖާހިލުންނޭ ކިޔަނީ ނުކިޔަވާ ތިބި މީހުންނަކަށް ނޫން! ޖާހިލުންނޭ ކިޔަނީ ތިކަހަލަ ކަންކަން ކުރާ މީހުންނަށް!

  5. މުސަލު

    ތިހެދީ ރަގަޅަށް ތިކަހަލަ ތަނެއްވިައްޔާ ހަލާކުކޮށްލަންޖެހޭނީ ހެ ހެ

    1
    5
  6. ނޫމަސް

    ފައްޔާޒު އިސްމާއީލްގެ ރޭވުމެއްކަން ޔަގީން