މިއަހަރު ރަޝިޔާގައި ކުރިޔަށް ގެންދިޔާ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުން ބެލްޖިއަމް އާއި ކުޅޭ ބަލިވުމަށްފަހު ބްރެޒިލްގެ ތަރި ނޭމާ ފުޓުބޯޅަ ބަލާހިތް ނުވާ ކަމަށް އޭނާ ބުނެފިއެވެ.
ވޯލްޑް ކަޕު ކުއާޓާ ފައިނަލުގައި ބަލިވެ މުބާރާތުން ވަކި ވުމަށް ފަހު ފުޓުބޯޅަ މެޗެއް ބަލާހިތެއް ނުވާ ކަމަށް ނޭމާ ބުނި އިރު ސެމީ ފައިނަލް އަދި ފައިނަލް ވެސް ބަލަން ބޭނުން ނުވާ ކަމަށް ނޭމާ ވަނީ ބުނެފައެވެ. " އަހަރެން ދެން ނުކުޅޭނަމޭ ނުބުނާނަން، ނަމަވެސް އަހަރެން ބޭނުމެއް ނޫން ބޯޅަ އެއް ފެންނާކަށް ވެސް. މެޗެއް ބަލާކަށްވެސް" ނޭމާ ބުންޏެވެ.
ނޭމާ މިހެން ބުނެފައިވަނީ މުޅި ދުނިޔެއަށް ހުޅުވާލައިގެން ނޭމާ ބާއްވާ 'ނޭމާ ޖޭއާރް 5' މުބާރާތް ކުޅެމުން ދަނިކޮށެވެ. ވޯލްޑް ކަޕަށް ފަހު ކަންތައް ވީގޮތާއި މެދު ވާހަކަ ދައްކަމުން ދިޔަ އިރު އޭނާ ހުރީ ވަރަށް ހަމަ ޖެހިލައިގެންނެވެ. ހަމަ އެހެންމެ ނޭމާގެ 6 އަހަރުގެ ދަރިފުޅުވެސް ހުރީ އޭނާ އާއި އެކުގައެވެ.
"އަހަރެން ހުރީ ވަރަށް ދެރަވެފައި، ނަމަވެސް މިހާރު އެހާ ދެރައެއް ނުވޭ، އަހަރެންގެ ދަރިފުޅާއި އާއިލާ އަދި ރައްޓެހިން ބޭނުމެއް ނުވޭ އަހަރެން ދެރަވެގެން ހުންނާކަށް. ދެރަ ވުމަށް ވުރެ ގިނައިން އުފާވެރި ކަންތައް ވެފައި އެބަހުރި."
މީގެ އިތުރުން ރިއަލް މެޑްރިޑަށް ނޭމާ ބަދަލު ވާކަމަށް ބުނާ ވާހަކަ އާއި ބެހޭ ގޮތުން ސްޕެއިންގެ ނޫސްވެރިއެއް ސުވާލު ކޮށްލުމުން އޭނާ ބުނެފައިވަނީ، އެއީ މީޑިއާ އިން ދައްކާ ވާހަކަ ކަމަށާއި އެވާހަކަ ދައްކާ މީހުންނަށް އޭނާ އަށް ވުރެ ބޮޑަށް އޭނާގެ ހަޔާތުގެ ކަންތައް އެންގެނީ ކަމަށެވެ.
ނޭމާ ބުނާގޮތުން ޕީއެސްޖީގެ އާ ކޯޗު ތޯމަސް ޓުޗެލް އަކީ ވަރަށް މޮޅު ކޯޗެކެވެ. ހަމަ އެހެންމެ ދުނިޔޭގެ ފެންވަރުގެ ކީޕަރު ޖިއަންލުއީޖީ ބުފޮން އާއި އެކު ކުޅެން އޭނާ ހުރީ ކެތްމަދު ވެފައެވެ.
ދެން ހިނގާ ޕްރޮފެޝަން ބަދަލުކޮށްލަމާ! ވަދު އަޅަންދާނީ. ނޫނީ ފަރުމަހަށް. ޥަރަށް ވިޔަފާރި ރަނގަޅު.
ދެން ހިނގާ ޕްރޮފެޝަން ބަދަލުކޮށްލަމާ! ވަދު އަޅަންދާނީ. ނޫނީ ފަރުމަހަށް. ޥަރަށް ވިޔަފާރި ރަނގަޅު.
ކަމެއްް ވާއިރަށްް މަހައްް ދާޝޭ ކިއްްކުރަން ތި ގޮވަނީ
ނޭމާ ބަލާހިތްވަނީ ޑްރާމާ ދޯ...