ފީފާ އިން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ އެވޯޑަށް މިފަހަރު ޕީއެސްޖީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ ވާދަނުކުރާކަން ކަށަވަރުވެއްޖެއެވެ.

"ދަ ބެސްޓް" އެވޯޑަށް ވާދަކުރާ 10 ކުޅުންތެރިންގެ ނަން ފީފާ އިން މިއަދު ވަނީ އާއްމުކޮށްފައެވެ.

އެ 10 ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ޔުވެންޓަސް އަށް ދާދިފަހުން ބަދަލުވި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސެލޯނާ އަށް ކުޅެމުން އަންނަ ލިއޮނަލް މެސީ އާއި މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ކެވިން ޑިބްރައިނާ އާއި އެތްލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ އެންޓޮއިން ގްރިޒްމަން އާއި ޗެލްސީ އަށް ކުޅެމުން އަންނަ އެޑެން ހަޒާޑް އާއި ޕީއެސްޖީ އަށް ކުޅެމުން އަންނަ ކިލިއަން އެމްބާޕޭ އާއި ޓޮޓެންހަމް އަށް ކުޅެމުން އަންނަ ހެރީ ކޭން އާއި ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ދެ ކުޅުންތެރިން ކަމަށްވާ ލޫކާ މޮޑްރިޗް އާއި ރަފޭލް ވަރާންގެ އިތުރުން ލިވަޕޫލް އަށް ކުޅެމުން އަންނަ މުހައްމަދު ސަލާހުއެވެ.

މި އެވޯޑަށް ވާދަކުރާ 10 ކުޅުންތެރިންގެ ތެރޭގައި ނޭމާ ހިމެނިފައިނުވާއިރު ރަޝިޔާގައި ދާދިފަހުން ނިމިގެންދިޔަ ވޯލްޑް ކަޕްގައި އޭނާ އަށް ރަނގަޅު ކުޅުމެއް ވަނީ ދެއްކޭގޮތް ނުވެފައެވެ. މީގެއިތުރުން އަނިޔާގެ ސަބަބުން މިދިޔަ ސީޒަނުގެ ފަހުކޮޅު ކުޅުމާއި ދުރުގައި ހުންނަން ޖެހުމަކީ ވެސް މި އެވޯޑަށް ނޭމާ ވާދަނުކުރި އެއް ސަބަބު ކަމަށް ބެލެވެއެވެ.

ނޭމާ އަކީ ފާއިތުވި އަހަރު މި އެވޯޑުގެ ތިންވަނަ މަގާމު ހޯދި ކުޅުންތެރިޔާއެވެ.

އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން ފީފާ އިން މިއަދު ވަނީ އެންމެ މޮޅު ކޯޗުގެ މަގާމަށް ވާދަކުރާ ފަރާތްތަކުގެ ނަންތައް ވެސް އިއުލާންކޮށްފައެވެ.

އެގޮތުން އެ މަގާމަށް ވާދަކުރަނީ ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ޒައިނުއްދީން ޒިދާން އާއި ފްރާންސްގެ ގައުމީ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕް އާއި ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އެލެގްރީ އާއި ރަޝިޔާގެ ގައުމީ ޓީމުގެ ކޯޗު ސްޓެނިސްލާވް ޗެރްޗެޝޯވް އާއި ކްރޮއޭޝިއާގެ ގައުމީ ޓީމުގެ ކޯޗު ޒްލަޓްކޯ ޑަލިޗް އާއި އިނގިރޭސި ގައުމީ ޓީމުގެ ކޯޗު ގެރެތް ސައުތްގޭޓް އާއި މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިޔޯލާ އާއި ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް އާއި ބެލްޖިއަމްގެ ގައުމީ ޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް އާއި އެތްލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީގެ އިތުރުން ބާސެލޯނާގެ ކޯޗު އާނަސްޓޯ ވަލްވާޑޭއެވެ.

މި އެވޯޑުތަކަށް ވޯޓުލުމުގެ ފުރުސަތު އާއްމުންނަށް ވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން އެ ފުރުސަތު އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެއެވެ.

މި އެވޯޑު ދިނުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ބާއްވާ ރަސްމިއްޔާތެއްގައެވެ.

މިއީ 2016 ވަނަ އަހަރުން ފެށިގެން ފީފާ އިން ދެމުން އަންނަ އެވޯޑެކެވެ. މި އެވޯޑު ފާއިތުވި ދެ އަހަރުވެސް ހޯދާފައިވަނީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އަދި އެންމެ މޮޅު ކޯޗުގެ މަގާމު އެންމެފަހުން ހޯދީ ޒިދާންއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މަހަމޫދު

    އަނހާ މިވީކިހިނެއް ގައިމު ބާސާއިން ޕީއެސްޖީ އައް ބަދަލުވީ މެސީގެ ހިޔަނީގަ ހުންނަން ޖެހޭތީ މިފަހަރު ކާކުގެ ހިޔަނީގަ ހުރީމަބާ ގަދަ ދިހަ އަކައްވެސް ނޭރީ

    • Anonymous

      މާބޮޑު ލަނޑެއް ލިބުނީ. އެމްބައްޕެ އާ ކަވާންނި ދެމީހުން ވެގެން ނޭމާ ފިއްތާލީ!! ކުރިން މެސީ އެކަނި. މިފަހަރު ދެމީހުން!!

    • ހުސޭނުބޭ

      އެސޮރު އަބަދު އޮންނަނީ ދަނޑުމައްޗަށް ވެއްޓިފައި. ކަވާނީގެ ހިޔަނީގެ މައްޗަށް އެކަމުގެ ތުހުމަތުކުރެވޭ!

  2. ޅަބޭ

    ނޭމާ ކަލެއައް މުށިވަސްވެސް ނުބޭނޭނެ. ކަލޭ އެންމެ ރަގަޅުވާނީ ފިލުމުކުޅެން ދިޔައިއްޔާ

  3. ނިއުމާ ޖޫނިއޯ

    ނޭމާ ކިހިނެއް ތި އެވޯޑު ހޯދާނީ ކުޅޭއިރު އަބަދު ދަނޑުމައްޗަށް ވެއްޓިފަ އޮންނަ މީހަކު....އާނ އިހިންޏަ ސިކުންތަކުން ސިިކުންތަކުން ބަލާލާއިރު ނޭމާ އޮންނަނީ ވެއްޓިފަ....އެހެންނޫނަސް ތި ނޭމާ ނޫން މޮޅެއްވެސް ކުޅޭކަށް.....ތިޔަށްވުރެ މާ ތާހިރު ވާނެ އަހަންނަށް ތި އެވޯޑު ދިނަސް....????????

  4. ފުރޮޅޭ ނޭމާ

    .ނޭމާ ފުޓުބޯޅަ ކުޅުމަށްވުރެ ރަނގަޅުވާނެ ފިލްމު ކުޅެން ދިޔަޔަސް....އޭރުން އެންމެ މޮޅު އެކްޓަރ ލިބޭނު ނޭމާ އަށް......ފިލްމު އެވޯޑްސް ލިބޭނު ނޭމާ އަށް.....ކޮންމެހެން ފުޓުބޯޅަ ކުޅެން ހުންނާނެ ކަމެއް ނެތް..އަވަހަށް ދޭ ފިލްމު ކުޅެން....