ސްޕެނިޝް ލަލީގާގައި ޗެމްޕިއަން ރެއާލް މެޑްރިޑް ކުޅުނު ފަހު މެޗުން ރެއާލް ބެޓިސްއާ ވާދަކޮށް 0-0 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.

ރެއާލް ދަނޑުގައި މިރޭ ކުޅުނު މި މެޗަށް އެޓީމުގެ ފުރަތަމަ 11 އިން އާންމުކޮށް ޖާގަ ހޯދާ ހުރިހާ ކުޅުންތެރިން ހިމަނައިގެންނެވެ.

މި މެޗު ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅެމުންދިޔައީ ރެއާލްއިންނެވެ. އެގޮތުން އެޓީމުން ދިޔައީ ބެޓިސްގެ ހާފަށް ބާރުބޮޑުކޮށް، ގިނަ ހަމަލާތައް އުފައްދަމުންނެވެ. ނަމަވެސް މުޅި މެޗުގައިވެސް އެޓީމަށް ގޯލާ އަމާޒުކޮށް ފޮނުވާލެވިފައި ވަނީ އެންމެ ތިން ޝޮޓެވެ.

މުޅި މެޗުގައި ޑިފެންސިވްކޮށް ފެނިގެންދިޔަ ބެޓިސްއިން ވަނީ ރެއާލްގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކޮށްފައެވެ. އެގޮތުން އެޓީމުން ވަނީ ރެއާލްގެ ގޯލާ އަމާޒުކޮށް ތިން ޝޮޓް ފޮނުވާލާފައެވެ.

މި ނަތީޖާއާއެކު ރެއާލް ލީގު ނިންމާލާފައި ވަނީ ކުޅުނު 38 މެޗުން 86 ޕޮއިންޓް ހަމަކޮށް، ލީގުގެ އެއްވަނައިގައި އޮވެގެންނެވެ. ބެޓިސް ލީގު ނިންމާލީ ކުޅުނު 38 މެޗުން ލިބުނު 655 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފަސް ވަނައިގައި އޮވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ރެއާލްގެ މުހިއްމު ކުޅުންތެރިން އަރުވައިގެން ޕްރެޝަރުގަ ރޭގެ މެޗު ކުޅެން ބޭނުންނުވާތީ ރޭގެ މެޗު ޑްރޯއަކުން ނިންމާލީ. ކުރިޔަށް އޮތީ ރެއާލަށް ވަރަށް މުހިއްމު މެޗެއް.

  2. ޘަރީ

    655 ޕޮއިންޓްވިއްޔާ އިންނަންވާނީ -5 ވަނާގައިއެއް ނޫންތޯ