ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޗެއާމަނަކަށް އަހުމަދު ވާސިފް އިންތިހާބުކޮށްފިއެވެ.

ރޭ ބޭއްވި ނިއުގެ އިންތިހާބީ ޖަލްސާގައި އެގްޒެކެޓިވް ކޮމިޓީގެ ކޮންމެ މަގާމަކަށްވެސް އެންމެ ކެންޑިޑޭޓެއް ވާދަކުރެއްވިއިރު، މެމްބަރުން ހޮވާފައިވަނީ ފެންނަ/ނުފެންނަ ވޯޓެއް ނަގައިގެންނެވެ.

ނިއުގެ އާ އިންތިހާބީ ބޯޑު:

  • ޗެއާމަން: އަހުމަދު ވާސިފް
  • ވައިސް ޗެއާމަން: ޒަހީނުއްދީން ސައީދު
  • ވައިސް ޗެއާމަން: އިސްމާއިލް ރަޝީދު\
  • މެމްބަރު: މުހައްމަދު ޔޫސުފް
  • މެމްބަރު: އާސިމް ރިޒާ
  • މެމްބަރު: ލުއައްޔު އާދަމް
  • މެމްބަރު: މުހައްމަދު މާލިކް
  • ހަޒާންދާރު: އަހުމަދު ހުސެއިން
  • ސެކްރެޓަރީ: ސާއިދު އަލިދީދީ

ނިއުގެ ޗެއާމަނަކަށް އިންތިހާބުކޮށްފައިވާ ވާސިފްއަކީ ދާދި ފަހުން ނިއުގެ ސަޕޯޓަރުން ގުޅިގެން އުފެއްދި ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޗެއާމަންވެސްމެއެވެ. ނަމަވެސް އެ ކްލަބަކީ ނިއުރޭޑިއަންޓްގެ ސްޕޯޓިން ސަކްސެސާއެއްގެ ގޮތުގައި އޭއެފްސީން ނިންމާފައެވެ.

މިގޮތުން ރޭޑިއަންޓްގެ ހަރަކާތްތައް މެދުކަނޑާލައި ނިއު ކޮޅަށް ޖެހުމުގެ މަސައްކަތް ފެށުމުގެ ގޮތުން އިންތިހާބު މިވަނީ ބާއްވާފައެވެ. އަދި ނިއުގެ އަމާޒަކީ އެ ކްލަބުގެ ދަރަނިތައް ދައްކައި، ކްލަބްގެ މައްޗަށް އޮތް ސަސްޕެންޝަން ފިލުވާލުމެވެ.

ނިއުގެ ދަރަނި ފަސް މިލިއަން ރުފިޔާއަށް އަރާއިރު، އެ ކްލަބުން އަންނަނީ ދަރަނި ދެއްކޭނެ މަގުތައް ހޯދަމުންނެވެ. އަދި އެ ކްލަބުން އުންމީދު ކުރަނީ ވީހާވެސް އަވަހަށް ފުޓުބޯޅައިގެ ތެރެއަށް އަނބުރާ އައުމެވެ.

ކިޔުންތެރިންގެ ހިޔާލު