ލަލީގާ ގައި ކުޅެމުން އަންނަ އެތްލެޓިކޯ މެޑްރިޑުން ގެލްސަން މާޓިންސް 6 އަހަރުގެ އެއްބަސް ވުމެއްގެ ދަށުން އެޓީމަށް ގެނެސްފިއެވެ.

ގެލްސަން މާޓިންސް އެތްލެޓިކޯ މެޑްރިޑާއި އެކު 6 އަހަރުގެ އެއްބަސް ވުމެއްގައި ސޮއެ ކޮށްފައިވަނީ ސްޕޯޓިން ލިސްބަން އާއި އެކު އޭނާ ހަދާފައިވާ އެއްބަސްވުން އުވާލުމަށް ފަހުގައެވެ. މީގެ އިތުރުން ސްޕޯޓިން ލިސްބަން އިން ބުނާގޮތުގައި އޭނާ ވަނީ ކުޑަ ވަރެއްގެ ފީއެއް ސްޕޯޓިން އަށް ދައްކަން ޖެހިފައެވެ.

ސްޕޯޓިން އިން މާޓިންސް ފޮނުވާލަން އެދިފައި ވަނީ 40 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއަކަށެވެ. ނަމަވެސް އޭނާ ފަރިތަކުރުން ތަކުގައި އެހެން ކުޅުންތެރިންނަށް ހަމަލާ ދިނުމުން އޭނާގެ އެއްބަސް ވުން ވަނީ އުވާލާފައެވެ.

23 އަހަރުގެ ގެލްސަން މާޓިންސް ވަނީ މިފަހަރު ރަޝިޔާގައި ބޭއްވި ވޯލްޑް ކަޕުގައި ޕޯޗުގަލްގެ ސްކޮޑުގައި ހިމަނާފައެވެ. އޭނާ މިހާތަނަށް ވަނީ 19 މެޗު ޕޯޗުގަލް އަށް ކުޅެދީފައެވެ. ސްޕޯޓިން ލިސްބަންގެ ފުރަތަމަ ޓީމަށް މާޓިންސް ކުޅޭތާ 3 އަހަރު ވެފައި ވާއިރު އޭނާ ވަނީ ކުޅުނު 125 މެޗުގައި ސްޕޯޓިން އަށް 25 ލަނޑު ކާމިޔާބު ކޮށްދީފައެވެ.