ގައުމީ ޓީމުގެ އިތުބާރު ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ނުހިމަނައި ކުރިއަށް އޮތް ސާފް ސުޒުކީ ކަޕަށް 30 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލައިފިއެވެ.

ދަގަނޑޭ ސްކޮޑުގައި ހިމަނާފައިނުވާއިރު އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުވެފައި ނުވާތީ އޭނާ ވަނީ ޓީމުން މީގެކުރިން ވަކިކޮށްފައެވެ. ނަމަވެސް ސާފް ޗެމްޕިއަންޝިޕަށް ނަގާ ސްކޮޑުގައި ދަގަނޑޭ ހިމަނާނެ ކަމަށް މީގެކުރިން އޮތީ ވަރަށް ބޮޑަށް ބެލެވިފައެވެ.

މީގެއިތުރުން ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައިވާތީ އައްސަދު އަލީ (އަޑުބަރޭ) ވެސް ސްކޮޑުގައި ހިމަނާފައެއް ނުވެއެވެ. މީގެއިތުރުން ނިއުގެ މުހައްމަދު ރަޝީދު (ހޮކޭ) އާއި ރިލްވާން ވަހީދު (ރިލޭ) އާއި އަހުމަދު އަބްދުﷲ (ލިލީ) އަށް ވެސް ސްކޮޑުން ޖާގަ ދީފައެއް ނުވެއެވެ. ނަމަވެސް ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ސްކޮޑުގައި ހިމަނާފައިވެއެވެ.

މިފަހަރުގެ ސްކޮޑުގައި އެންމެ ގިނައީ މާޒިޔާ އަށް ނިސްބަތްވާ ކުޅުންތެރިންނެވެ. އެގޮތުން އެ ކްލަބަށް ނިސްބަތްވާ އަށް ކުޅުންތެރިއަކަށް ވަނީ ސްކޮޑުން ޖާގަ ދީފައެވެ. އޭގެތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުރި އަސަދުﷲ އަބްދުﷲ ފާހަގަކޮށްލެވެއެވެ.

މިބާރާތުގެ ގްރޫޕް ބީގައި މިފަހަރު ރާއްޖެ ހިމަނާއިރު މި ގްރޫޕްގައި ދެން ހިމެނެނީ އިންޑިޔާ އާއި ސްރީ ލަންކާ އެވެ. ގްރޫޕް އޭގައި ހިމެނެނީ މުބާރާތް ބާއްވާ ބަންގްލަދޭޝް، ނޭޕާލް، ބޫޓާން އަދި ޕާކިސްތާން އެވެ.

މިމުބާރާތައި ރާއްޖެ ކުޅޭ ފުރަތަމަ މެޗްގައި އަންނަ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު ނިކުންނާނީ ސްރީލަންކާއާ ދެކޮޅަށެވެ.

ގައުމީ ޓީމުގެ 30 ކުޅުންތެރިންގެ ސްކޮޑް:

ނިއު:

މުހައްމަދު ފައިސަލް
އަކުރަމް އަބްދުލްގަނީ
މުހައްމަދު އުމައިރު
ހަމްޒާ މުހައްމަދު
އަލީ ފާސިރު
ރިހާމް އަބްދުލް ގަނީ

މާޒިޔާ:

މުހައްމަދު މުޖުތާޒް
ހުސެން ޝަރީފް
އަލީ ސަމޫހު
މުހައްމަދު އިރުފާން
އަސަދުﷲ އަބްދުﷲ
ހުސެން ނާއިޒް
އަހުމަދު އިމާޒް
މޫސާ ޔާމިން

އީގަލްސް:

ހުސެއިން ސިފާއު
މުހައްމަދު ނާޒިމް
އަހުމަދު ނޫމާން
މުހައްމަދު އާރިފް
ހަސަން ރާއިފް
މިފްދާދް އަހުމަދު

ޓީސީ:

އިބްރާހިމް ހަސަން ވަހީދު
އިބްރަހިމް މަހުދީ
މުހައްމަދު އައްޒާމް
މުހައްމަދު ސާމިރު
އައްޒާމް އަބްދުﷲ

ވިކްޓަރީ:

ހުސެއިން ނިހާން

ޔޫވީ:

ހަސަން ތޮލާލް

ގްރީންސްޓްރީޓް:
މުހައްމަދު ސާއިފް
އަބްދުﷲ ޔާމިން
މުހައްމަދު ސަމްދޫހް

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޑރ

    ދަގޭ ނުހިމަނާތީ، ގައުމީ ޓީމަށް ވައްސަލާމް. ޓާ ޓާ.

  2. ހުސެއިނީ

    މިއަދަކީ ވަރަށް ހިތާމަވެރި ދުވަހެއް ދިވެހި ފުޓްބޯޅައިގެ ރަސްގެފާނު އަލީ އަޝްފާގު ގަސްތުގަ ޓީމުން ބާކީކުރީ. އޭނަޔަކީ މިހާރުވެސް އެންމެ ފޯމުގަ ހުރި ފޯވާޑު. ފުޓްބޯޅަ ބެލުން މިނިމުނީ. އަލްވަދާއު.

  3. Anonymous

    ޟމިހާރު މާރަނގަޅު ވާނެ.....

  4. Anonymous

    ކަލޮ

  5. ޚަމަނަ

    ކޯޗް މިގައުމުންވެސް ބޭރުކުރަންވީ.