ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ދެވަނަ ލެގުގައި މިމަހުގެ ހަތްވަނަ ދުވަހު ސްޕެއިންގެ ރެއާލް މެޑްރިޑް އަދި ފްރާންސްގެ ޕީއެސްޖީ ބައްދަލުކުރާ މެޗުގައި ޕީއެސްޖީގެ ފޯވާޑް ނޭމާއަށް ނުކުޅެވޭނެ ކަމަށް އޭނާގެ ކުލަބުން ބުނެފިއެވެ.

ނޭމާގެ ފަޔަށް އަނިޔާވެފައި ވަނީ މިދިޔަ އާދިއްތަ ދުވަހު ލީގު އެކެއްގައި މާސެލޭ އަތުން 3-0 ގެ ނަތީޖާއިން ޕީއެސްޖީ މޮޅުވި މެޗުގައެވެ. ނޭމާގެ ފަޔަށް ލިބުނު އަނިޔާގެ ސަބަބުން ފައި ސާޖަރީއެއް ކުރަން ޖެހޭ ކަމަށް ޑަކްޓަރުން ބުނެފައިވާއިރު އެކަމަށް އޭނާގެ ބައްޕަ އަންނަނީ ތާއީދު ކުރަމުންނެެވެ.

ސްޕެއިންގެ ނޫހަކަށް ދިން އިންޓަވިޔުއެއްގައި ނޭމާގެ ބައްޕަ ބުނެފައިވަނީ ފަޔަށް ލިބުނު އަނިޔާގެ ސަބަބުން ނޭމާ ސާޖަރީއެއް ކުރަން ޖެހޭ ކަމަށާއި އެހެން ކަމުން ކުރިއަށް އޮތް ރެއާލް މެޗުގައި ނޭމާ ނުފެންނާނެ ކަމަށެވެ. އަދި ހައެއް ނުވަތަ ހަތް ހަފްތާއަށް ނޭމާ ކުޅުމާއި ދުރުގައި ހުންނަން ޖެހިދާނެ ކަމަށް ބައްޕަ ވަނީ ބުނެފައެވެ.

ނޭމާގެ ސާޖަރީ ބްރެޒިލްގައި ހަދަން ނިންމާފައިވާއިރު އޭނާގެ ފައި ސާޖަރީކުރާނީ ޕީއެސްޖީގެ ފަރާތުން ހަމަ ޖައްސާފައިވާ ޑަކްޓަރެއް ކަމަށްވާ ޑރ.ރޮޑްރިގޯ ލަސްމަރް އެވެ. އެހެން ކަމުން ނޭމާއަށް ކުޅުމާއި ދުރުގައި ދުވަސްތަކަކަު ހުންނަން ޖެހޭނެއެވެ.

ނޭމާގެ ފަޔަށް އަނިޔާވެ ކުޅުމާއި ދުރުގައި ދުވަސްތަކަކު ހުންނަން ޖެހިފައިވާއިރު ޗެމްޕިއަންސް ލީގުގެ ސެމީއިން ޖާގައެއް ކަށަވަރު ކުރަން ބޭނުން ނަމަ ރެއާލް މެޗުގައި ބޮޑު ތަފާތަކުން މޮޅުވުމަކީ ޕީއެސްޖީއަށް ލާޒިމް ކަމެކެވެ. އެއީ ރެއާލްގެ ދަނޑުގައި މި މަހު ކުޅެވުނު މެޗުން ޕީއެސްޖީ 3-1 ގެ ނަތީޖާއަކުން ބަލިވެފައި ވާތީއެވެ،

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހުމަދު

    ލީގުގެ ބޮޑުލީޑެއް އޮތްއިރުވެސް ފަހުމެޗުގައި މުހިއްމުކުަޅުންތެރިންނަށް ރެސްޓްދޭން ކޯޗަށް ނޭގުނުތަ؟

  2. Anonymous

    ކުޅެލީމަ އެގޭނީ