އަލީ އަޝްފާގު (ދަގަނޑޭ) ބާކީކޮށް ނެގި ޒުވާން ސްކޮޑަށް ފުރުސަތު ދިނުމަށް ގައުމީ ޓީމުގެ ކޯޗު ޓާ ސެގަޓް ބުނެފިއެވެ.

ސެޕްޓެމްބަރު މަހުގެ 4 އިން 15 އަށް ބަންގްލަދޭސްގައި އޮންނަ ސާފް ސުޒުކީ ކަޕަށް ތައްޔާރުވުމުގެ ގޮތުން ކޭމްޕުކުރުމަށް ގަތަރަށް ފުރުމުގެ ކުރިން ކޯޗު ސެގަޓް ބުނެފައިވަނީ ރާއްޖޭގައި އޮތީ ޒުވާން ޓީމެއް ކަމަށާއި މި ވަގުތަށް އެންމެ ރަނގަޅު ގޮތަކީ ޓީމަށް ފުރުސަތު ދިނުން ކަމަށެވެ. އަދި ޒުވާން ޓީމަކީ ރައްޔިތުންނަށްޓަކައި ކުޅޭނެ ޓީމެއް ކަމަށްވެސް ކޯޗު ބުންޏެވެ.

"އަހަރެންގެ  މަސައްކަތް ކުރާނަން ޓީމުގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ނެރުމަށް. އަދި މި ޓީމުގެ ފެންވަރުން އެންމެ މޮޅު ކުޅުމެއް ދެއްކުން. މިހާރު އެންމެ ބޮޑަށް އިސްކަންދޭންވީ ކުޅުންތެރިންނަށް" ކޯޗު ބުންޏެވެ.

މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގައ ހަތް  ގައުމު ވާދަކުރާއިރު މުބާރާތް ކުރިއަށްގެންދާނީ ދެ ގްރޫޕަކަށް ބަހާލައިގެން ނެވެ.

މުބާރާތުގައި ރާއްޖެ ހިމެނެނީ ގްރޫބް ބީ ގައެވެ. ރާއްޖެއާއެކު ދެން ގްރޫޕްގައި ހިމެނެނީ ލަންކާ އަދި އިންޑިއާއެވެ. އޭގެ ތެރެއިން އިންޑިއާއަކީ ސާފް ޗެމްޕިއަންޝިޕް ހަތް ފަހަރު ކާމިޔާބުކޮށްފައިވާ ގައުމެކެވެ،

ގްރޫޕް އޭގައި ހިމެނެނީ މުބާރާތް ބާއްވާ ގައުމު، ބަންގްލަދޭޝާއި ނޭޕާލްގެ އިތުރުން ބޫޓާން އަދި ޕާކިސްތާނެވެ.

މިއަހަރުގެ ގައުމީ ސްކޮޑުގައި ކުރީގެ ކެޕްޓަން އަލީ އަޝްފާގް ( ދަގަނޑޭ) ގެ ނަން ހިމަނާފައި ނުވުމުން ގިނަ ބައެއްގެ ފާޑު ކިޔުން ދަނީ ގައުމީ ކޯޗު ސެގަޓް އަށް އަމާޒުވަމުންނެވެ. ދަނގަޑޭ ޓީމުން ބާކީ ކޮށްފައިވަނީ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި އެންމެފަހުން ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން، މެޗު ޕްރެސްއަށް  ދަނގަޑޭ ނުދިޔުމުގެ ސަބަބުންނެވެ،

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޤަބޫލެއްނުކުރެވޭނެ

    ރާއްޖޭގައި މިހާރު ހުރި އެންމެ މޮޅު ކުޅުންތެރިޔާ ބާކީ ކޮށްފައި ޒުވާނުންނޭ ކިޔައިގެން ދައްކަނީ ކޯޗަކު ދައްކާކަހަލަ ވާހަކަތަކެއްނޫން. ޢެވަރު ދެވަނަ މީހަކު ހުރިނަމަ މައްސަލައެއްނެތް. ވަރަށްދެރަ.

    • ދަގަނޑޭއަކީ އަދިވެސް ދެކުނު އޭޝިޔާގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ. އޭނާއަށް ފުރުޞަތު ދިނުމަށް ހަރުއަޑުން ގޮވައިލަން. އޭނާއަކީ އަދިވެސް މި ޤައުމުގެ އެންމެ ބޮޑު އުއްމީދު