އެތްލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ފޯވާޑް އެންޓޮއިން ގްރިޒްމަން ސްޕެއިންގެ ގަދަ ބާރެއް ކަމަށްވާ ބާސެލޯނާއަށް އައުމުގެ ހުރިހާ ތައްޔާރީތަކެއް ވެއްޖެ ކަމަށް ސްޕެއިންގެ މީޑިއާ އަކުން ބުނެފިއެވެ.

ޓީވީ3 އިން ބުނި ގޮތުގައި މިއަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި ގްރިޒްމަން ބާސެލޯނާއާއި ގުޅޭނެ އެވެ. އަދި އުމުރުން 25 އަހަރުގެ ގްރިޒްމަންގެ ބައިއައުޓް ކްލޯސްގެގޮތުގައި 100 މިލިއަން ޔޫރޯ ދިނުމަށް ބާސާއިން ނިންމާފައިވާ ކަމުގައިވެސް އެ ޓީވީ3 ގެ ރިޕޯޓްގައިވެއެވެ.

ޓީވީ3ގެ ރިޕޯޓުގައި އެހެން ބުނެފައިވާއިރު ބާސެލޯނާއިންވެސް އަންނަނީ ގްރިޒްމަން އެ ކުލަބަށް ގެންނަން ބޭނުން ކަމަށް ބުނެމަުންނެވެ. އަދި ޔޫރަޕުގެ ބޮޑެތި ކުލަބުތަށް ކަމަށްވާ ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީއިންވެސް އަންނަނީ ގްރިޒްމަން ހޯދަން ޝައުގުވެރިކަން ފާޅުކުރަމުންނެވެ.

ނަމަވެސް އެތްލެޓިކޯ މެޑްރިޑް ދޫކޮށް އެހެން ކުލަބަކަށް ދާން އުޅޭކަން ގްރިޒްމަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. އެހެނަސް ކުޅެން ބޭނުންވަނީ ވަރުގަދަ މޯޅު ޓީމަކަށް ކަމަށާއި ބޭނުންވަނީ މިހާރު ހުރި ހިސާބަށް ވުރެ ކުރިއަށް ދިޔުމަށް ކަމުގައި ގްރިޒަމަން ވަނީ ބުނެފައެވެ. އެހެންކަމުން އަންނަ ހޫނު މޫސުމުގެ ޓްރާންސްފާގައި ގްރިޒްމަން ބާސެލޯނާއާއި ގުޅުން ގާތް ކަމަށް ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ބާސެލޯނާއިން ވަކީ އެކުލަބު ވަރުގަދަ ކުރުމަށްޓަކައި ލިވަޕޫލްއިން ބްރެޒިލްގެ ޒުވާން ފޯވާޑް ކުޓީނިއޯވެސް މިއަހަރު އެކުލަބަށް ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު