ބީޗްވޮލީ ކުޅުމަށް ލޯބިކުރާ ޒުވާނުން ކޮޅަކާއި ޕީޕީއެމްގެ ޔޫތު ވިންގްއާއި ގުޅިގެން " ވައި.އެސް 2018" ގެ ނަމުގައި ބީޗް ވޮލީ ފެސްޓިވަލްއެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

މިރޭ ހެންވޭރު ބީޗު ވޮލީ ކޯޓުގައި ފެށުމަށް ހަމަޖެހިފައިވާ މި ފެސްޓިވަލްގައި ޖުމްލަ 40 ޓީމެއް ބައިވެރިވެރި ވެފައިވާއިރު މި ފެސްޓިވަލް ކުރިއަށް ގެންދަނީ ތިން ދުވަހުގެ ނިޔަލަށެވެ.

މި ފަދަ ފެސްޓިވަލެއް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ކުޅިވަރުގެ މުބާރާތްތަކުގެ ތެރެއިންވެސް ޒުވާނުންނަށް އެމީހުންގެ ހުނަރު ދައްކާލާ ކުޅިވަރަށް ވީހާވެސް ގިނަ ޒުވާނުން އަހުލުވެރިކުރުމުން ކަމުގައި މިފެސްޓިވަލް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.

މި ފެސްޓިވަލްގެ އެއްވަނަ ޓީމަށް 2000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީއާއި ހަނދާނީ ލިޔުމުގެ އިތުރަށް މެޑަލް ދިނުމަށް ހަމަޖެހިފައިވާއިރު ދެވަނަ ޓީމަށް 1،500 ރުފިޔާ އަދި ތިން ވަނަ ޓީމަށް 1000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ފެސްޓިވަލްގެ މީޑިއާ ޕާޓްނަރަކީ "ވަގުތު"އެވެ.

ކިޔުންތެރިންގެ ހިޔާލު