ބީޗް ވޮލީ ކުޅުމަށް ލޯބިކުރާ ޒުވާނުން ކޮޅަކާއި ޕީޕީއެމްގެ ޔޫތު ވިންގްއާއި ގުޅިގެން " ވައި.އެސް 2018" ގެ ނަމުގައި މިމަހުގެ 9 ވަނަ ދުވަހުން 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ބީޗް ވޮލީ ފެސްޓިވަލްގެ ފިރިގެން ޑިވިޝަންގެ ޗެމްޕިއަންކަން އަލީ ސިމަލް އަދި މާޖިދު އިބްރާހިމް ހޯދައިފިއެވެ.

ސިމަލް އަދި މާޖިދު މުބާރާތުގެ އެއްވަނަ ހޯދީ ފައިނަލްގައި ސަމާއިލް ހުސެއިން އަދި މުހައްމަދު އަލީ ބަލިކުރުމަށް ފަހުގައެވެ.

ފިރިހެން ޑިވިޝަންގެ ދެވަނަ ރަނަރަޕް ސަމާއިލް އާއި މުހައްމަދު އަލީއަށް ލިބުނި އިރު ތިންވަނަ ލިބުނީ އިސްމާއިލް ނާސިރު އަދި އުމަރު ފާރޫގަށެވެ.

މި ފެސްޓިވަލްގެ އަންހެން ޑިވިޝަންގެ އެއްވަނަ ހޯދީ އާމިނަތު އަރީޝާ އަދި ސިލްމާ ޒާހިރެވެ، ސިލްމާ އަދި އަރީޝާ އެއްވަނަ ހޯދީ ފައިނަލްގައި އާމިނަތު ރުދައިނާ އަދި ސާނިޔާ އަހުމަދު ނިޒާރު ބަލިކުރުމަށް ފަހުގައެވެ.

ހެންވޭރު ބީޗު ވޮލީ ކޯޓުގައި ކުރިއަަށް ދިޔަ އެ ފެސްޓިވަލްގައި ޖުމްލަ 40 ޓީމެއް ބައިވެރިވެފައިވެއެވެ.

މި ފެސްޓިވަލްގެ އެއްވަނަ ޓީމަށް 2000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީއާއި ހަނދާނީ ލިޔުމުގެ އިތުރަށް މެޑަލް ދީފައިވާއިރު ދެވަނަ ޓީމަށް 1،500 ރުފިޔާ އަދި ތިން ވަނަ ޓީމަށް 1000 ރުފިޔާ ދިނުމަށް ވަނީ ދީފައެވެ.

މި ފެސްޓިވަލްގެ މީޑިއާ ޕާޓްނަރަކީ "ވަގުތު"އެވެ.

ކިޔުންތެރިންގެ ހިޔާލު