ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލް ވެސްޓްހަމް އާއި ދެކޮޅަށް ކުޅުނީ ހީވެސް ނުކުރާހާ މޮޅަށް ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.

"އަހަރެން އުއްމީދުކުރި ވަރަށް ވުރެ ޓީމު މާ ރަނގަޅު. އަހަރެން ހީކޮށްގެން ހުރީ މި މެޗުގައި އަހަރުމެން އެންމެ ބޭނުންވާ ކުޅުން ނުފެނިދާނެ ކަމަށް،" ކްލޮޕް ބުންޏެވެ.

އަދި ކްލޮޕް ވަނީ މެންޗެސްޓާ ސިޓީގެ ކުރީގެ ކޯޗު މެނުއަލް ޕެލެގްރީނީގެ ކޯޗުކަންކޮށްދެމުން އަންނަ ވެސްޓްހޭމް މި ސީޒަނުގައި މޮޅު ކުޅުމެއް ކުޅޭނެކަމަށެވެ.

"އެއީ ހަމަ ޔަޤީންކަމެއް. އެމީހުން މޮޅަށް ކުޅޭނެ. އެކަމަކު އަހަރުމެން ވިސްނިން އެމީހުންނަކީ ޔުނައިޓެޑް ނޫނީ ސިޓީ ނޫން ކަމަށް. މެޗު ތަފާތު ވެގެންދިޔައީ މިފަދަ ސަބަބުތަކާހުރެ،" ކްލޮޕް ބުންޏެވެ.

ރޭ 4-0 ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވިއިރު މިއީ ޕްރެމިއާ ލީގު ފަށަން 1932 އަށް ފަހު އެ ޓީމުން ނެރުނު އެންމެ ތަފާތު ބޮޑު ނަތީޖާއެވެ.

ރޭގެ މެޗުގައި ސާދިއޯ މާނޭ ދެ ގޯލު ޖެހިއިރު މެޗުގެ ފުރަތަމަ ލަނޑު ޖެހީ ހުސްވި ސީޒަނުގެ ޓޮޕް ސްކޯރަރ އަދި ލިވަޕޫލްގެ ތާރީހުގައިވެސް އެކުލަބަށް ކުޅޭ އެންމެ އަގުބޮޑު ކުޅުންތެރިޔާ މުހައްމަދު ސަލާހެވެ. ފަހު ލަނޑު ޖެހީ ޑެނިއަލް ސްޓަރިޖެވެ.

ލިވަޕޫލްއިން ވަނީ މިޔަ ސީޒަންގައިވެސް މޮޅު ކުޅުމެއް ކުޅެފައެވެ. އެގޮތުން އެ ކުލަބުން ވަނީ ޗެމްޕިއަންލީގުގެ ފައިނަލަށް ދަތުރުކޮށްފައެވެ. އަދި ޕްރިމިއާ ލީގުގައިވެސް އެޓީމުވަނީ ރަނގަޅު ހިސާބަކަށް ދަތުރުކޮށްފައެވެ.

ރޭގެ މެޗުން މޮޅުވުމުން ގޯލުގެ ތަފާތުން ލިވަޕޫލް އޮތީ ޓޭބަލުގެ އެއްވަނާގަ އެވެ.