އއ. މަތިވެރީ ޔޫނިއަން ސްޕޯޓްސް ކުލަބުން އިންތިޒާމުކޮށްގެން މިއަހަރުގެ އަލްހާ އީދާއި ދިމާކޮށް ބާއްވާ ފުޓްސަލް މުބާރާތަށް މާރންސް އިން އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށް އެ ޓީމުން ބުނެފިއެވެ.

އެ ޓީމުގެ އިސް އޮފިސަލަކު "ވަގުތު"އަށް މައުލޫމާތު ދެމުން ބުނީ މިއަހަރުގެ މުބާރާތަށް މާރންސް ނުކުންނާނީ ސީދާ ތަށި ހޯދުމަށް ކަމަށާއި އެކަން ކުރެވޭނެ ވަރުގެ ޤާބިލް ޓީމެއް މާރންސްގައި އެބައޮތް ކަމަށެވެ. އަދި މުބާރާތަށް ހާއްސަކޮށްގެން ވަރުގަދަ އަދި ހުނަރުވެރި ޒުވާން ކުޅުންތެރިން ގެނެސްފައިވާ ކަމަށާއި އުންމީދަކީ އެކުޅުންތެރިންގެ ފަރާތުން ތަފާތި ފެނިގެން ދިޔުން ކަމުގައި މާރންސް އިން ބުނެއެވެ.

މާރންސް ޔޫއެސްސީ ފުޓްސަލް ކަޕަށް ފައްކާވެފައިވާއިރު އެ ޓީމުގެ މެއިން ސްޕޮންސަރަކީ އޮންލައިން ވިޔަފާރިއެއްކަމަށްވާ މެގަޒަޮން އެވެ. މެގަޒޮންއަކީ ބްރޭންޑެން ޓީޝާޓް އަދި ސޯޓް އާއި ވޮލެޓުގެ އިތުރަށް ތަފާތު ބްރޭންޑްތަކުގެ ފެންވަރު ރަނގަޅު ޕްރޮޑަކްޓްތަށް ވިއްކާ ފަރާތެކެވެ.

މާރންސްގެ ކޯ ސްޕޮންސަރަކީ ރާއްޖޭގައި ކުރިއަރަމުން އަންނަ ފޮޓޯގްރަފީއެއް ކަމަށްވާ ޕްރޯވިއުއެވެ. އަދި އެ ޓީމުގެ ކިޓް ސަޕްލަޔަރަކީ ކެޕްޓަން މޯލްޑިވްސްއެވެ. އަދި ސަޕޯޓިންގް ސްޕޮންސަރަކީ ވިނޭ ވިކީއެވެ.

މިއަހަރުގެ ޔޫއެންސީ ފުޓްސަލް މުބާރާތުގައި ޖުމްލަ ހަތް ޓީމެއް ވާދަކުރާއިރު މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 11 ވާ ހޮނިހިރު ދުވަހުގެ 20:30 ގައި މަތިވެރީ ޓާފް ގްރައުންޑްގައެވެ. މުބާރާތް ހުޅުވާ މެޗުގައި ބައްދަލުކުރާނީ މާރންސް އަދި އަންބަރުއެވެ.