ގާފަރު ޑިވެލޮޕްމެންޓް އެސޯޝިއޭޝަންގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ ގާފަރު ފުޓްސަލް ޓޯނަމެންޓްގެ މިއަހަރުގެ މުބާރާތް މިއަދު ހަވީރު ފަށައިފިއެވެ.

މުބާރާތް ފެށުމުގެ ގޮތުން ކުޅުނު މެޗުގައި ބައްދަލުކުރީ ހެލެގެލި އަދި ވައިޕާސްއެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މިމުބާރާތުގައި މިއަދު އިތުރު ފަސް މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން މިއަދު ހަވީރު ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ އެކްސް ބޯއީޒް އަދި ސަންގަލި އެވެ. އަދި މިރޭ ކުޅޭ ފުރަތަމަ މެޗުގައި އޯކޭ ބޯއީޒް އާއި ހަޖިސް ބައްދަލުކުރާއިރު މިރޭގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ގަހަފަރު އަދި ޕްރެޑޭޓާސްއެވެ. މިރޭގެ ތިންވަނަ މެޗުގައި ވައި.އެކްސް.ޔޫ އަދި ލައިކަންސް ބައްދަލުކުރާއިރު މިރޭގެ ފަހުމެޗުގައި ބައްދަލުކުރާނީ އެން.ވައި.އެސް އަދި އެފްސީ ހަބޭސް އެވެ.

ޖުމްލަ 13 ޓީމު ބައިވެރިވާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިމާން ދިނުމަށް ވަނީ ނިންމާފައެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އެވެ. އަދި ކޯ ސްޕޮންސަރ އަކީ މޯލްޑިވްސް އެއަރޕޯސް ކޮމްޕެނީ (އެމްއޭސީއެލް) އެވެ. އަދި ސްޕޯޓްސް ޕާޓްނަރަކީ ސޮނީ ސްޕޯޓްސްއެވެ. މުބާރާތުގެ ޓްރެވެލް ޕާޓްނަރަކަށް ވެލާ އެކްޕްރެސް ހަމަޖެހިފައިވާއިރު އެކޮމޮޑޭޝަން ޕާޓްނަރަކީ މިރިއަން ސްކައި މޯލްޑިވްސްއެވެ. މުބާރާތުގެ އިތުރު ސްޕޮންސަރުންގެ ތެރޭގައި ހިސޯކާ ކާޑްސް، ސާއިދު ސްޕޯޓްސް އަދި ސަމާ ސްޕޯޓްސް ހިމެނެއެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ވަގުތު އޮންލައިން އެވެ.