ރެއާލް މެޑްރިޑް ދޫކޮށްލުމަށްފަހު ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސް އަށް ދިޔުމާއި އެކު ރެއާލް މެޗުތައް ބަލަންދާ މީހުންގެ އަދަދު މަދުވެއްޖެއެވެ.

ރޭ ގެޓާފޭ އާއި ރެއާލް ބައްދަލުކުރި މެޗަކީ 2009 ވަނަ އަހަރަށްފަހު ލީގުގެ މެޗެއް ބަލަން ރެއާލްގެ ދަނޑަށް މީހުން އެންމެ މަދުން ވަތް މެޗެވެ. މި މެޗު 0-2 އިން ރެއާލް އިން ވަނީ ކާމިޔާބުކޮށްފައެވެ.

ގެރެތް ބޭލް އަދި ޑެނީ ކަވަހާލްގެ ފަރާތުން ލަނޑުތައް ފެނިގެން ދިޔައިރު ރެއާލްގެ އާ ކޯޗު ޖޫލެން ލޮޕެޓެގީ މިފަހަރުގެ ސީޒަން ފެށީ އެންމެ އެދެވޭ ގޮތަށެވެ. ފުރަތަމަ ހޯމް މެޗު ބެލުމަށް ރެއާލްގެ ދަނޑަށް ވަދެފައިވަނީ 48466 ސަޕޯޓަރުންނެވެ. އާންމު ގޮތެއްގައި ސީޒަނުގެ ފުރަތަމަ މެޗު ބަލާލުމަށް ގިނަ ސަޕޯޓަރުން އަދި ފަތުރު ވެރިން ދަނޑަށް ވަދެއެވެ.

ރެއާލްގެ ދަނޑުގައި 81،044 މީހުންގެ ޖާގަ ހުންނަކަން ފާހަގަކޮށްލެވެއެވެ.

މިހާތަނަށް މިފަދަ ކުޑަ އަދަދަކަށް ސަޕޯޓަރުން ބާނަބިއު އަށް ވަދެފައި ވަނީ 09-2008 ވަނަ އަހަރުގެ ސީޒަނުގެ އެންމެ ފަހު މެޗަށެވެ. އެއީ ސީޒަނުގައި ޖެހި ޖެހިގެން 5 މެޗުން ރިއަލް މެޑްރިޑު ބަލިވި މެޗެވެ.