ބޮރޫޝިޔާ ޑޯޓްމަންޑުން ބޮޑު އަގެއްގައި ބާސެލޯނާއަށް ބަދަލުވުމުގެ ހުވަފެން ހަގީގަތަކަށްވެގެންދިޔައީ ޑޯޓްމަންޑްގައި ޓްރެއިން ކުރުމަށް ދެކޮޅު ހަދައި ހަލުތާލުކުރުމުންކަމަށް އޮސްމާން ޑެމްބެލޭ ބުނެފިއެވެ. ޑެމްބެލޭ ބުނާގޮތުގައި އޭނާ އަބަދުވެސް އެންމެ ކުޅެން ބޭނުންވި ކުލަބަކީ ބާސެލޯނާއެވެ.

ރެނެސްއަށް އޭނާ ކުޅުނު ދުވަސްވަރުވެސް ބާސާއިން އޭނާ ހޯދުމަށް މަސައްކަތްކުރިކަމަށް ޑެމްބެލޭ އެއްބަސްވެފައިވާއިރު ދެވަނަ ފަހަރަށް ޑޯޓްމަންޑްގައި ހުރެ އޭނާއަށް ބާސާއިން ޝައުގުވެރިކަން ފާޅުކޮށް ބަދަލުވުމުގެ ފުރުސަތު ނުލިބިއްޖެނަމަ އޭނާގެ ހުވަފެން ހަގީގަތަކަށްވުމަކީ ނާދިރުކަމަކަށް ވެގެންދާނޭކަމެއްކަމުގައި ގަބޫލުކުރެވުނުކަމަށް ޑެމްބެލޭ ވަނީ ކިޔައިދީފައެވެ. ވުމާއިއެކު ޑެމްބެލޭ މި ހުވަފެން ހަގީގަތަކަށް ހެދުމަށް ދެން އަމަލުކުރަން ޖެހުނީ ހަލުތާލުކުރުން ފަދަ ގޮތަކަށް ކަމަށް އޭނާ ވަނީ އިންޓަވިއުއެއްގައި ކިޔައިދީފައެވެ.

ޑެމްބެލޭ 105 މިލިއަން ޔޫރޯއަށް ބާސާއަށް ބަދަލުވިއިރު އެތައް ބަޔަކު ވަނީ އޭނާގެ އަމަލުތައް ހުރިގޮތުން ބޮޑާހާކާ ކުޑަ ކުއްޖަކު ރަމްޒުކޮށްދޭކަމުގައި ބުނެ އޭނާއަށް ފާޑުކިޔައިފައެވެ. އެހެންނަމަވެސް ޑެމްބެލޭ ވަނީ މިފަދަ ގޮތަކަށް ވާހަކަދެއްކި މީހުންނަށް ރައްދުދިނުމުގެ ގޮތުން އޭނާގެ ހާލަތުގައި އެ ފަރާތްތައް ތިބިނަމަ ކިހިނެތްތޯ އަމަލުކުރާނީ އަހައިފައެވެ. ޑެމްބެލޭ އަކީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިޔެއްކަމުގައިވާއިރު ޑެމްބެލޭ ބާސެލޯނާއަށް ބަދަލުވިފަހުން އޭނާއަށް ވަނީ އިންޖަރީގެ އެކި އެކި މައްސަލަތަކާއި ކުރިމަތިވެފައެވެ.

ޑެމްބެލޭ އަނެއްކާވެސް މަދު މަދުން ކުޅެން ފަށަމުންދާއިރު އޭނާއަށް އަދި ވަނީ ބާސެލޯނާގެ މައި ތަރިންނާއިއެކު ދަނޑު މަތީގައި ރަނގަޅު ދެނެގަތުމެއް ބޭއްވުމަށް ދަތިވެފައެވެ. އެހެންނަމަވެސް ފުޓުބޯޅަ ދިރާސާކުރާ ފަރާތްތަކުން ވަނީ ޑެމްބެލޭގެ އިންޖަރީގެ މައްސަލަތަކާއި މުޅިން އާ ލީގަކާއި ކުލަބަކަށްވެ އެހާ ގިނަ ދުވަސްތަކެއްވެސް އަދި ޑެމްބެލޭ ބާސެލޯނާގައި ހޭދަ ނުކުރާތީވެ މިއީ ވުން ގާތްކަމެއްކަމުގައި ސިފަކޮށްފައެވެ.

ގިނަ ފަރާތްތަކުން ވަނީ ޑެމްބެލޭ އެ ކުޅުންތެރިޔެއްގެ ބަދަލުގައި ގެނެވުނު ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ނޭމާރއަށްވެސް މަޝްހޫރު އެމް.އެސް.އެންގައި އެއް ވިސްނުމަކަށް ފެތުމަށް ދެ ސީޒަން ވަރު ބޭނުންވިކަމަށް ފާހަގަކޮށްފައެވެ. މި ފަރާތްތަކުން ދެކޭގޮތުގައި ޑެމްބެލޭ ބާސެލޯނާގައި ކާމިޔާބީ ހާސިލުކުރުމަކީ ކުރުން ބޭކާރު ސުވަލެކެވެ. މި ފަރާތްތަކުން ޑެމްބެލޭގެ ކާމިޔާބީއާއި ދޭތެރޭ އެހާ ޔަގީންކަންދޭއިރު އެ ފަރާތްތަކުގެ ހަގީގީ ސުވާލަކީ އޭނާ އެ ކާމިޔާބީ ހޯދަން ފަށާނީ ކޮން އިރަކުންތޯއެވެ؟

ކިޔުންތެރިންގެ ހިޔާލު