ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ދިރިއުޅޭ ގޭގެ މަތިން އެއްވެސް އުޅަނދަކަށް ދަތުރު ނުކުރެވޭނެ ކަމަށް ސްޕެއިންގެ ލޯކޯސްޓް އެއާރލައިނެއްގެ ރައީސް ބުނެފިއެވެ.

އޭނާ އެހެން ބުނީ ބާސެލޯނާގައި ހުންނަ އެލް ޕަރެޓް އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫޢު ކުރިއަށް ނުގެންދިޔުމަށް އެ އެއަރލައިން އިން ނިންމި ސަބަބާއި ގުޅިގެން ބާސެލޯނާގެ އެސަޑް ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަމުންނެވެ.

އެލް ޕަރެޓްގެ ރައީސް ޖެވިއާ ސަންޗޭސް ޕްރެއިޓޯ ބުނެފައިވާ ގޮތުގައި އެއާރޕޯޓް ބޮޑު ކުރުމުގެ މަޝްރޫޢު ހުއްޓާލީ އެ ސަހަރައްދުގައި މެސީގެ ގެ ހުރުމާއި އެކު އެއަރޕޯޓް ބޮޑުކޮށްފި ނަމަ މެސީ ދިރިއުޅޭ ސަރަހައްދުގެ ޓްރެފިކް ބޮޑުވާނެތީ ކަމަށެވެ. އެހެންކަމުން އެއަރޕޯޓްގައި އަލަށް އަޅަން ނިންމާފައިވާ ރަންވޭތަށް ދެން ނާޅާނެ ކަމަށް ޖެވިއާ ވަނީ ބުނެފައެވެ. އަދި މިއީ މުޅިން އަލަށް ދުނިޔޭގައި ކުރާ ކަމެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

"އެއްވެސް އުނޅަދަކަށް މެސީގެ ގޭގެ މަތިން ދަތުރެއް ނުކުރެވޭނެ. އަދި މިއީ ދުނިޔޭގައިވެސް މުޅިން އަލަށް ކުރާ ކަމެއް" ޖެވިއާ ބުނެފައިވެއެވެ.

ބާސެލޯނާގައި މެސީ ދިރިއުޅޭ ސަރަހައްދުގެ އަޑު މަޑުކުރުމަށްޓަކައި އޭނާވަނީ ފާއިތުވި އަހަރުގެ ތެރޭގައި އޭނާ ދިރިއުޅެމުންދާ ގެއާ އިންވެގެން ހުންނަ ގެވެސް ގަނެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސަޔާލީ

    ނެއްތަ ތިގެއިން ތަންކޮޅެއް ލިބޭކަށް މާލޭގަ މިހާރު ނެތޭ މުޒާހަރާއާހެދި ދިރިއުޅެވޭކަށް އަޑުގަދަ ކުރާ ބޭނުން ކޮށްގެން އަޅޭއްލަވާ ތީ ނިދާ ނުލެވޭ

    • ކޮންމެވެސް ސޮރެއް

      ތިޔަ ބުނީ އެންމެ ބަރަާބަރައް

  2. އަޅުގަނޑު

    ތި މެސީ ބާސެލޯނާ އިން ވަކިވެދާނެތީ ކުރިކަމެށް

  3. ޒަހީން

    ބޮދުވަރު ދެން

  4. Anonymous

    މެސީ މަގޭ ފޭވަރިޓް.......