އިޓަލީ ގައުމީ ޓީމްގެ ޑިފެންޑަރު އަދި އިޓާލިއަން ލީގުގެ ފިއޮރެންޓީނާގެ ކެޕްޓަން ޑޭވިޑޭ އެސްޓޯރީ މިއަދު ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.

އެސްޓޯރީ މަރުވިއިރު އުމުރަކީ 31 އަހަރެވެ. އޭނާ މަރުވިކަން އެނގުނީ މިއަދު ހެނދުނު ހޭ ނުލައިގެން ބެލިއިރު އެވެ. އެސްޓޯރީ މަރުވެފައި ވަނީ މިއަދު ލީގްގައި އުދައިނީސް އާއި ދެކޮޅަށް ކުޅެން އޮތް މެޗަށް ކޭމްޕް ކޮށްގެން ތިބި ހޮޓަލުގައެވެ.

އެސްޓޯރީ މަރުވުމާއި ގުޅިގެން މިއަދު އިޓަލީގެ އޭ ލީގްގައި ކުޅެން ހަމަޖެހިފައިވާ ހުރިހާ މެޗެއް ވަނީ ކެންސަލް ކޮށްފައެވެ.

ފިއޮރެންޓީނާ އިން ނެރުނު ބަޔާނެއްގައި ވަނީ އެސްޓޯރީ މަރުވިކަން ކަށަވަރު ކޮށްދީފައެވެ. ފިއޮރެންޓީނާގެ ބަޔާނުގައި ބުނީ އެސްޓޯރީގެ މަރަކީ ވަރަށް ހިތާމަވެރި ޚަބަރެއް ކަމަށެވެ. މިހާލަތުގައި ހުރިހާ ފަރާތްތަކުން ވެސް އެސްޓޯރީގެ އާއިލާ އަށް އިޙްތިރާމް ކުރަން ވެސް ވަނީ ބަޔާނުގައި ވަނީ އެދިފައެވެ.

އެސްޓޯރީގެ މަރާއި ގުޅިގެން އިޓަލީ އާއި ދުނިޔޭގެ އެހެން ގައުމުތަކުގެ ޓީމްތަކުން ވެސް ގެންދަނީ ހިތާމަފާޅުކޮށް ބަޔާންތައް ނެރެމުންނެވެ.

އެސްޓޯރީ މިއަދު މަރުވިއިރު އޭނާ އަށް ދަރިއަކު ލިބުނީ މިދިޔަ ހަފްތާގައެވެ.

އެސްޓޯރީ ކުޅެން ފެށީ އޭސީ މިލާނުގެ ޔޫތު އެކަޑަމީ އިންނެވެ. އެ ކްލަބުގެ ޔޫތު ޓީމަށް 2001-2006 އަށް ކުޅުމަށް ފަހު އޭނާ އޭސީ މިލާންގެ ސީނިއާ ޓީމަށް ކުޅެފައި ވަނީ 2006 އިން 2008 އަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކުޑަކޮންވެސް އަސަރެއް ނެތެވެ އީރާގް ސީރިޔާގައި ދުވާލަކު ކިތައް ސަތޭކަ ކުޑަކުދިން މައިން މުސްކުޅިން މަރަމުހެއްޔެވެ ، ދެން ތިކަހަލަ ކާފަރަކު މަރުވެގެން ދިވެހި ނޫހެއްގައި ޖެހީތީވެ އަޖައިބު.