މި އަހަރު ސެޕްޓެންބަރު މަހު އޮންނަ ސާފު ޗެންޕިއަންޝިޕްގައި، ރާއްޖޭގެ އެންމެންގެ މެދުގައިވެސް "ދަނގަޑޭ" ގެ ނަމުން މަޝްހޫރު ޤައުމީ ފުޓްބޯލް ޓީމުގެ ކެޕްޓަން އަލީ އަޝްފާޤު ކުޅޭނެ ކަމުގެ އިޝާރާތެއް އޭނާ ކޮށްފިއެވެ.

މާދަމާ އާއި އަނެއް ދުވަހު އޮންނަ އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖް ގައި ވާދަކުރާ ފުރަތަމަ މެޗް ކަމުގައިވާ، ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ގެ މެޗަށް މި ވަގުތު އަޝްފާޤު ހުރީ ބަންގާޅުގައެވެ.

ބަންގާޅުގެ ނޫހެއް ކަމަށްވާ "ދަ ޑެއިލީ ސްޓާރ" އަށް އަޝްފާޤު އޭނާގެ ކެރިއާރ އާއި ބެހޭ ގޮތުން އިންޓަވިއު އެއް ދެމުން އޭނާ ބުނެފައިވަނީ، އޭނާގެ ކާމިޔާބީ ތަކުގެ ސިއްރަކީ ކެއުން ބުއިން ބަހައްޓާ ގޮތާއި ދިރިއުޅުމުގެ ޑިސިޕްލިން އާއި ބުރަ މަސައްކަތް ކަމުގައެވެ. އުމުރުން އެންމެ 33 އަހަރުގެ މި ހުނަރުވެރި ކުޅުންތެރިޔާ އަކީ ފުޓްބޯލްގެ ދާއިރާގައި ފުންނާބު އުސް ކުޅުންތެރިއެއްވެސް މެއެވެ.

އިންޑިޔާގެ ނިއު ދިއްލީގައި 2015 ވަނަ އަހަރު ބޭއްވި ސާފު ސުޒުކީ ކަޕަށް ފަހު، އޭނާ ދެން އެ މުބާރާތުން ފެނިގެން ނުދާނޭ ކަމަށް ބުނެ އެފްބީގައި ކުރި ޕޯސްޓުގެ ސަބަބުން އާންމުން ތިބީ މާޔޫސްވެފައެވެ. އެހެން ކަމުން ސެޕްޓެންބަރު މަހުގައި އޮންނަ ސާފް ޗެންޕިއަންޝިޕަށް ދާން ވިސްނަންތޯ ސުވާލު ކުރުމުން އޭނާ ބުނީ ބަންގާޅުގައި އޮންނަ ސާފް ޗެންޕިއަންޝިޕްއަށް ދިއުމާ ދޭތެރޭ އަދި ވަކިއެއްޗެއް ބުނަން ނޭންގޭކަމަށެވެ.

"އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅޭ މެޗަކީ އަހަރެން ގައުމީ ކެރިއަރުގެ ފަހު މެޗުކަމަށް ބަލަނީ. އެކަމަކު ސެޕްޓެމްބަރު މަހު ބަންގާޅުގައި އޮންނަ ސާފް ޗެމްޕިއަންޝިޕަށް ދިޔުމާ ދޭތެރޭ އަދި ވަކި އެއްޗެއް ބުނަން ނޭނގެ،" މިހެންނެވެ.

 

ކިޔުންތެރިންގެ ހިޔާލު