ސިންގަޕޫރުގައި މިހާރު ކުރިއަށްދާ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ވަރުގަދަ މެލޭޝިއާ އަތުން ބަލިވެއްޖެއެވެ.

ސިންގަޕޫރުގައި މިމަހު އެކަކުން ނުވަޔަކަށް ކުރިއަށްދާ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ޖުމްލަ 16 ގައުމަކުން ވާދަކުރެއެވެ. ހަތަރު ގްރޫޕަކަށް ބަހާލައިގެން މުބާރާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އިރު، ރާއްޖެ ހިމެނެނީ ގްރޫޕް އޭގައެވެ. ރާއްޖޭގެ އިތުރުން ދެން ގްރޫޕް އޭގައި ހިމެނެނީ މެލީޝިއާ އަދި ޖަޕާނެވެ.

ރާއްޖެއިން މިއަދު ކުޅުނު މެޗުގައި 74 ޕޮއިންޓް 13 ޕޮއިންޓުންނެވެ. ދުނިޔޭގެ ނެޓްބޯޅަ ފެޑަރޭޝަންގެ ރޭންކިންގެ 25 ވަނައިގައި މެލޭޝިއާ އޮތް އިރު، ރާއްޖެ އަދި ރޭންކް ކޮށްފައެއް ނުވެއެވެ. މިހާތަނަށް އެ ރޭންކިންގައި ރޭންކް ކޮށްފައި ވަނީވެސް 35 ގައުމެކެވެ. އަދި މެލޭޝިއާއަކީ އޭޝިއާގެ ގައުމަތަކުގެ ތެރެއިން ދެވަނައަށް ރޭންކް ކޮށްފައިވާ ގައުމެވެ.

މިއަދު ކުޅުނު މެޗުގެ ފުރަތަމަ ކުއާޓާ ނިމުނު އިރު، މެލޭޝިއާއިން ވަނީ ބޮޑު ލީޑެއް ނަގައިފައެވެ. އެގޮތުން މެލޭޝިއާއިން 16 ޕޮއިންޓް ހޯދި އިރު، ރާއްޖެއަށް ހޯދުނީ ހަ ޕޮއިންޓެވެ. ދެވަނަ ކުއާޓާގައި ރާއްޖެއަށް ހޯދުނީ އެންމެ ޕޮއިންޓެކެވެ. މެލޭޝިއާއިން ވަނީ އެ ކުއާޓާގައި 20 ޕޮއިންޓް ހޯދާފައިވެއެވެ.

ތިންވަނަ ކުއާޓާގައިވެސް މެލޭޝިއާއިންވެސް 20 ޕޮއިންޓް ނަގައިފައިވާ އިރު، ރާއްޖެއަށް ނެގުނީ ދެ ޕޮއިންޓެވެ. ހަތަރު ވަނަ ކުއާޓާގައި ރާއްޖެއިން ހަތަރު ޕޮއިންޓް ނެގި އިރު، މެލޭޝިއާއިން 18 ޕޮއިންޓް ނަގައި، ތަފާތު ބޮޑު ނަތީޖާއަކުން މެޗު ކާމިޔާބުކުރިއެވެ.

އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖެއިން ކުޅޭ ދެވަނަ މެޗުގައި ވާދަކުރާނީ ޖަޕާނާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ މާދަމާ ހަވީރުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޏަމްނަމް

    ކީއްކުރަން ބައިވެރި ވަނީ.

  2. ޙަހ

    ކޮބާ ނާޒިމާ ލަދު ގަނޭތަ؟ ބޮއްފައްޗެއް ގައުމީ ޓީމަށް އަރުވައިން ލަނޑު ލިބިއްޖެއްނު؟ ލޮލް ނ