މާލެއާއި ހުޅުލެއާއި ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖް މަތީގައި އެމްއެންޑީއެފްގެ ޚާއްސަ ދުވުމެއް ބާއްވައިފިއެވެ.

"ދާލަން ދުވުން – 01"ގެ ނަމުގައި ބޭއްވި މި ދުވުމުގައި ބައިވެރިވެފައިވަނީ ޕާކިސްތާނު އާމީން ބާއްވާ، "ޕާކިސްތާން އާމީ ފިޒިކަލް އެޖިލިޓީ އެންޑް ކޮމްބެޓް އެފިޝެންސީ ސިސްޓަމް (ޕޭސަސް)" މުބާރާތުގައި ބައިވެރިވާ ދިވެހި ސިފައިންގެ ޓީމުންނެވެ،

މިއަދު ހެނދުނު ކުރިއަށްދިޔަ މި ދުވުމުގައި 11 ކިލޯމީޓަރަށް އެޓީމުން ދުވެފައިވާއިރު، ޕޭސަސް ޓީމުގެ 20 ބައިވެރިންގެ އިތުރުން މުދައްރިބުންނާއި ޓީމުގެ އޮފިޝަލުން ވެސް ބައިވެރިވެފައިވެއެވެ. މި ދުވުން އެންމެ އަވަހަށް ފުރިހަމަ ކުރި ބައިވެރިޔާ ދުވުން ނިންމާފައިވަނީ 40 މިނެޓުން ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

އެމްއެންޑީއެފް "ދާލަން ދުވުން – 01" ގެ ތެރެއިން - ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފް އިން ވިދާޅުވިގޮތުގައި، ޕޭސަސް ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން ބޭއްވި، މި ދުވުން ކުރިއަށް ގެންގޮސްފައިވަނީ މާލޭގައި ހުންނަ ވެމްކޯ ސައިޓުން ފެށިގެން ބޮޑުތަކުރުފާނު މަގުން އިރަށް ގޮސް ސިނަމާލެ ބުރިޖު މަތިން، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ހުރަސްކޮށް ހުޅުމާލޭގެ ފޭސް 2، ސަރަޙައްދުގެ ނިމޭ ހިސާބަށް ކަމަށެވެ.

މިއީ ދިވެހި ސިފައިން، "ޕާކިސްތާން އާމީ ފިޒިކަލް އެޖިލިޓީ އެންޑް ކޮމްބެޓް އެފިޝެންސީ ސިސްޓަމް" ގައި ބައިވެރިވާ ދެވަނަ ފަހަރެވެ. މި މުބާރާތް އޮންނާނީ އަންނަ އޮކްޓޯބަރ 8 އިން 14 އަށް ޕާކިސްތާނުގެ ލާހޫރުގައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ. މީގެ ކުރިން 2016 ވަނަ އަހަރު އެ މުބާރާތުގައި ބައިވެރިވެ، ރަނގަޅު ނަތީޖާތަކެއް ދިވެހި ސިފައިންގެ ޓީމުން ވަނީ ނެރެދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް

    • އިބޫ

      އާން..!! ދެލޯ ހުރީޔާ ކޮންމެ އެއްޗެއް ވެސް ފެންނާނެ ދޯ.. ކަލޭމެން ހީވަނީ އާ ކުކުޅަކަށް ގާ ބިހެއް އެޅިގެން އުޅޭހެން ވިިއްޔާ..!!

  2. ނަޝީދު

    40 މިނެޓުން ވީމާ ހާދަ ބުންވަރު ރަނގަޅޭ
    ސާބަހޭ