ލަންކާގައި ހުންނަ ރާއްޖޭގެ އެންބަސީގެ މުވައްޒަފުންނާއި "ވަގުތު" ގެ މުވައްޒަފުން އެކުވެރި ކަމުގެ ފުޓްސަލް މެޗެއް ކުޅެފިއެވެ.

މިމެޗަކީ މިހާރު ސްރީލަންކާގައި ޗުއްޓީ ހޭދަކުރަމުންދާ "ވަގުތު" މުވައްޒަފުންނާއި ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ މުވައްޒަފުން ގުޅުން ބަދަހި ކުރުމުގެ ގޮތުން އިންތިޒާމް ކުރި ފުޓްސަލް މެޗެކެވެ.

އެކުވެރިކަމުގެ ފުޓްސެލް މެޗު ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކުރީ ދިވެހި އެންބަސީގެ ޓީމުންނެވެ.

"ވަގުތު" މުވައްޒަަފުންނާއި ލަންކާގައި ހުންނަ ދިވެހި އެމްބަސީ މުވައްޒަފުންނާއި ދެމެދު ކުޅެވުނު ފުޓްސަލް މެޗް – ވަގުތު އިމޭޖްސް: މުހައްމަދު އަޒްހީމް

މި މެޗު އެންބަސީ ޓީމުން ކާމިޔާބު ކުރީ 14 -8 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މިރޭ ސޯސަން ވިލާ ފުޓްސެލް ގްރައުންޑްގައި ކުޅުނު މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ އެންބަސީގެ ޓީމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ލީޑުވެސް ފުރަތަމަ ނެގީ އެޓީމުންނެވެ. މިމެޗްގައި "ވަގުތު" ޓީމް ކޮޅަށް ގިނަ ގޯލްތަކެއް ވަނީ ކީޕަރަށް ހެދުނު ގިނަ ގޯސްތަކެއްގެ ސަބަބުންނެވެ.

ލަނޑަށް ފަހު ވާދަވެރިކުޅުމެއް ދެޓިމުގެ ފަރާތުން ފެނިގެން ގޮސްފައިވާއިރު މެޗުގެ ފުރަތަމަ ހާފް ނިމުނީ 5-3 ގެ ނަތީޖާއަކުން އެންބަސީ ޓީމު ކުރީގައި އޮވެގެންނެވެ.

"ވަގުތު" މުވައްޒަަފުންނާއި ލަންކާގައި ހުންނަ ދިވެހި އެމްބަސީ މުވައްޒަފުންނާއި ދެމެދު ކުޅެވުނު ފުޓްސަލް މެޗް – ވަގުތު އިމޭޖްސް: މުހައްމަދު އަޒްހީމް

މެޗުގެ ދެވަނަ ހާފް ފެށިގެންވެސް ރަގަނޅަށް ކުޅުނީ އެންބަސީ ޓީމުންނެވެ. އެގޮތުން ދެވަނަ ހާފްގައި އެޓީމުންވަނީ ގިނަ ލަނޑުތަކެއް ޖަހާފައެވެ.

މެޗުގައި އެންބަސީގެ ލަނޑުތަށް ކާމިޔާބުކޮށްދިނީ އާދަމް އިބްރާހިމް އަދި ހުސެއިން އާރިފް ރިޒާގެ އިތުރުން ސައްފާހްއެވެ.

މެޗުގައި ވަގުތުގެ ލަނޑުތަށް ކާމިޔާބުކޮށްދިނީ ޔާމީންގެ އިތުރުން އިމްރާންއެވެ.