ސިންގަޕޫރުގައި މިހާރު ކުރިއަށްދާ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕްގެ ދެވަނަ ބުރުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ބޮޑު ތަފާތަކުން ޗައިނީސް ޓައިޕޭ ބަލިކޮށްފިއެވެ.

މުބާރާތުގެ ފުރަތަމަ ބުރުގައި ރާއްޖެއިން ކުޅުނު ދެ މެޗުންވެސް ބަލިވެފައިވާ އިރު، ދެވަނަ ބުރުގައި ރާއްޖެ ވާދަކުރަނީ ބޯލް ގްރޫޕިންގައެވެ. މުބާރާތުގެ ފުރަތަމަ ބުރުގެ ނަތީޖާތަކަށް ބަލައި، ތިން ކެޓަގަރީއަށް ޓީމުތައް ރޭންކް ކޮށްފައިވާ އިރު، ދެވަނަ ބުރުގައި ރާއްޖެ ހިމެނޭ ބޯލް ގްރޫޕްގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ ޗައިނީސް ޓައިޕޭ، ޕާކިސްތާން އަދި ފިލިޕީންސެވެ.

މިއަދުގެ މެޗުގައި ޗައިނީސް ޓައިޕޭއާ ވާދަކޮށް، ރާއްޖެއިން ކާމިޔާބުކުރީ 73-10 ޕޮއިންޓުންނެވެ.

އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ޗައިނީސް ޓައިޕޭއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ---

މެޗުގެ ފުރަތަމަ ކުއާޓާ ނިމުނުއިރުވެސް ރާއްޖެއިން އޮތީ ބޮޑު ލީޑެއްގައެވެ. އެގޮތުން ފުރަތަމަ ކުއާޓާ ރާއްޖެއިން ނިންމާލީ 12-4 ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނަ ކުއާޓާ ރާއްޖެއިން ނިންމާލީ 22-4 ޕޮއިންޓުން ކުރީގައި އޮވެގެންނެވެ. ތިންވަނަ ކުއާޓާ 21-1 ޕޮއިންޓުގެ ބޮޑު ލީޑެއްގައި އޮވެ ރާއްޖެއިން ނިންމާލި އިރު، ފަހު ކުއާޓާގައިވެސް ރާއްޖެއިން ވަނީ ލީޑު ދަމަހައްޓައިފައެވެ. އެ ކުއާޓާ ނިންމާލީ 18-1 ޕޮއިންޓުން ކުރީގައި އޮވެގެންނެވެ.

ސިންގަޕޫރުގައި މި މަހު އެކަކުން ނުވަޔަކަށް ކުރިއަށްދާ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ޖުމްލަ 16 ގައުމަކުން ވާދަކުރެއެވެ. މުބާރާތުގެ ދެވަނަ ބުރުގައި ދެން ރާއްޖެއިން ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ މާދަމާއެވެ.