ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއިން ހާސިލްނުވި އަދި ބޭނުންވާ ކަންކަން ފުރިހަމަ ނުވާހައި ހިނދަކު، އޭއެފްސީ ކަޕުގައި އަންނަ އަންގާރަ ދުވަހުގެރޭ މާލޭގައި ކުޅޭ ފުޓުބޯޅަށް މެޗަށް ހުރަސް އަޅާނެކަމުގެ އިންޒާރު، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ދެއްވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން އޭނާއަށް އަމާޒުވަމުން ދަނިކޮށް، އޭނާ މަސައްކަތް ކުރަމުން ދަނީ ޤައުމު ސަލާމަތް ކުރުމަށް ކަމަށް ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހުގެރޭ ޓީސީ ސްޕޯޓްސް ކްލަބާއި އިންޑިއާގެ ބެންގަލޫރު އެފްސީ ބައްދަލުކުރާ މެޗަށް ހުރަސް އަޅާނެކަމުގެ އިންޒާރު މަހުލޫފް ދެއްވާފައި ވަނީ، އެ މެޗަށް ހުރަސް އެޅުމުގެ ގޮތުން މެޗް އިންތިޒާމްކުރާ ފަރާތްތައް ޓެގުކޮށް ރާއްޖެއަކީ ނުރައްކާތެރި ތަނެއްކަން ދޭހަވާފަދަ ދޮގު ވާހަކަތަކެއް ފެތުރުމަށްފަހު އެވެ.
މަހުލޫފްގެ ވާހަކަތަކާއި ގުޅިގެން ގިނަ ބައެއްގެ ނުރުހުންވުން ފާޅުކުރަން ފެށުމުން ފަހުން އޭނާ ވިދާޅުވީ، އެއްވެސް ޙާލެއްގައި ފުޓުބޯޅަ ހަލާކުރުމަށާއި، ވަކި ކްލަބަކާއި ދެކޮޅުވެގެންވެސް ނޫޅެއްވާ ކަމަށެވެ. އަދި "މިއުޅެނީ ޑިކްޓޭޓަރ ޔާމީން ކިބައިން ޤައުމު ސަލާމަތްކުރެވޭތޯ" ކަމަށާއި، އޭރުން ޓީސީއަށްވެސް ފައިދާވާނެ ކަމަށް މަހްލޫފް ވިދާޅުވިއެވެ.
އޭއެފްސީ ކަޕް، ޝެޑިއުލްގައި އޮތްގޮތަށް މެޗްތައް ކުރިއަށްދާނެކަން އޭއެފްސީން އިއުލާނުކޮށްފައިވާ މި ދަނޑިވަޅުގައި، ކުރީގެ ސްޕޯޓްސް ކޮމިޝަނަރ އަދި ޓީސީ ސްޕޯޓްސް ކްލަބްގެ ކުރީގެ ރައީސް އަހްމަދު ނަޝީދު ޓެގްކޮށް މަހުލޫފް މިއަދު ވަނީ ގިނަ ޑިމާންޑުތަކެއް ކުރައްވާފައެވެ. އެގޮތުން ކުއްލި ހާލަތު އުވާލައި، ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫނާއި، އުއްތަމަ ފަޑިޔާރު ޢަބްދުﷲ ސަޢީދު އާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ސިޔާސީ ހުރިހާ ބޭފުޅުން ޖަލުން މިނިވަން ކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި ދެންނެވުމަށް އަންގާ ކަމަށާއި، އެކަން ނުކޮށްފިނަމަ އޭއެފްސީކަޕް ބޭއްވުމަށް ދެކޮޅު ހަދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ގައިދީންތަކެއް މިނިވަން ނުކޮށްގެން މަހުލޫފާއި އޭނާ ނިސްބަތްވާ އިދިކޮޅު ކޯލިޝަނުން ޤައުމުގައި ހަމަނުޖެހުން ހިންގުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާއިރު، އެފަރާތްތަކުން ދަނީ ހަޤީޤަތް އޮޅުވާލައި ރާއްޖޭގައި އާއި ބޭރުގެ މީޑިއާތަކުގައި ޤައުމުގެ އަގު ވައްޓާލުމުގެ މަސައްކަތް ކުރަމުންނެވެ. މަހުލޫފަކީ މީގެ ކުރިންވެސް އެކި ގޮތްގޮތުން ރާއްޖެ އާއި ގުޅޭގޮތުން ދޮގު ވާހަކަތައް ލިޔެ ފަތުރައި ރާއްޖެ ބަދުނާމު ކުރުމުގެ މަސައްކަތުގައި އިދިކޮޅުން އިސް ރޯލެއް އަދާކުރި ބޭފުޅެކެވެ.
ރާއްޖޭގެ ސިޔާސީ ހަލަބޮލިކަން ފާއިތުވެދިޔަ ދުވަސްތަކުގައި އިތުރުވެފައި ވަނީ، މިމަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި "އާދަޔާއި ޚިލާފު" އަމުރަކަށްފަހުއެވެ. އެ އަމުރުގައި ޖަލުގައި ބަންދުކޮށްފައި ތިބި ނުރައްކާތެރި ގައިދީންތަކެއް މިނިވަން ކުރުމަށް އަންގާފައިވާއިރު، ރާއްޖޭގެ އަމާންކަމާއި ސަލާމަތަށް ނުރައްކާވާނެފަދަ އެތައް ކަމެއް އެ އަމުރާއި އޮތީ ގުޅިފައެވެ.
މި އަމުރުގެ ކުރިންވެސް މިފަދަ އަމުރެއް ކުރަން އުޅޭކަމުގެ ވާހަކަތަކެއް ސިޔާސީ އިދިކޮޅު ފަރާތްތަކުން ދައްކަމުންދިޔައިރު، މިއީ ރިޝްވަތުގެ ނުބައި ރޭވުމެއްގެ ތެރެއިން ކޮށްފައިވާ އަމުރެއްކަމުގެ ތުހުމަތު އޭރުވެސް ގިނަ ބަޔަކު ކުރަމުންދިޔައެވެ.
ސުޕްރީމް ކޯޓުގެ އަމުރާއި ވިދިގެން، ބަޣާވާތެއް ގެނައުމަށް އިދިކޮޅު ފަރާތްތަކުން އަވަސްވެގަތްއިރު އެފަރާތްތަކުގެ ރޭވުންތައް ނާކާމިޔާބުވެ ގޮތް ހުސްވުމުން، މިހާރު މަހުލޫފާއި އޭނާގެ ބައިވެރިން ދަނީ ރާއްޖެއަށް އެކި ގޮތްގޮތުން ގެއްލުންދޭނެކަމުގެ އިންޒާރު، ސަރުކާރާއި ދިވެހި ފުލުހުން އަދި ސިފައިންނަށް ފާޅުގައި ދެމުންނެވެ.
ގައުމު ސަލާމަތްކުރާކަށް ކަލެއަކަށް ނުޖެހޭނެ...ކަލޭ އާއި ކަލޭގެ ހައުވާނުން ގައުމު ސަލާމަތްކުރަން އުޅޭގޮތް އެބަ އެނގެއޭ މިހާރު.
ބުރޯ ބުނަން ކަލޭމެން ތެޅޭވަރަކައްތެޅޭ ފުޓްބޯޅަ އާ ނުބެހޭތި! އޭރުން ތިކުޅެވެނީ ޒުވާނުންނާ
އޭރަށް މާސަޅިއެއްނުވާނެ!
ކަލޭކަހަލަ ގަމާރުންނެއްނޫން ދިވެހިރާއްޖޭގައުޅެނީކީ!!!! ކަލޭ މިތާ ނެތަސް ދަނޑަށް މީހުންވަންނާނެ!!!! ކަލޭގެ ޒިންމާއެއްނޫން މީހުން ދަނޑަށް ވަދޭތޯ ބެލުމަކީ!!!! ސައިޒުގަހުރޭ!!!!
އިންޑިޔާ އިން ފައިސާދީ ގަނެފަ ހުރި މުނާފިގެއް
ބަލަ ކަލޯކަލޭ ޅަވާނެ މިގައުމު ސަލާމަތް ކުރަން އެއަށްވުރެ ރަނގަޅުވާނެ ނަޝީދުއަށް ނަސޭހަތް ދީގެން ތައުބާކުރީމަ އެސޮރު އެހުރީ މުރުތައްދުވެފައި އެކަން ކުރަން މާރަނގަޅުވާނެ
މި މަހުލޫފުގެ އެކައުންޓުތައްވެސް ބަލާލަން އެބަޖެހޭ!!! މިކަލޭގެވެސް ވާނީ މިލިއަނުން ރިޝްވަތު ނަގާފަ!!!
ތިކިޔޭ އެއްޗެއް އެބަ ެެނގޭތަ ހޭބުރާންޗާ.
ގަލޮޅުދަނޑުގެ ދޮރުވާނުތަ މިއީ؟
ދޮގުމާސްޓަރ ކޮންއިރަކު މެމްބަރު ކަމުން ދޮރުވާނަކަށް ބަދަލުވީ.
މަޚުލޫފުކަލެއަކީ މިގައުމަށްހުރިހާމިލިބެނީ ގާބިލުކަމެއް ހުރިމީހެއްނޫން
ކަލޭތީ ބޮޑް ކޮހެއް ކަލެއަކަށް ނުވާނެ އެއްކަމެއްވެސް ދައްޖާލު
މަޙްލޫފު ކަލޭތިއުޅެނީ ހީރޯހެދެންވެގެން ތިކަމެއްނުވާނެ މިޤައުމުގަ ދެއަނގައިންވާހަކަދައްކާ މީހުންގެތެރެއިން އެކަކުތިޔައީ ކޮންއިރަކުތަ ތިމަޙުލޫފަށް ކަމުދާ ސަރުކާރެއްއޮތީ އަބަދުވެސް ތިގޮތަށް ތިއުޅެނީ ނަޝީދަށް ނުގޮވާކައެއްޗެއްނެތް މިހާރު ތިއަޅައިގަތީ ޔާމީނާ ހަމަގައިމުވެސް އެނގޭކަމަކީ ދެނެއް މަޙްލޫފު ހޮވާކަށް ވޯޓްދޭނެ މީހަކު މިޤައުމަކުނެތްކަން
އޭ ކަލޭ ފުޓްބޯޅަ އާ ނުކުޅޭތި.
ކިހާވަރެއްތޯ ލިބިލެއްވީ
މީނަ އަދި މީހެއްގެ އަތުން މަރުވާނެ..
މަހުލޫފުކަލޭ ގަލޮޅު ރައްޔިތުންނަށް ހަރާންކޯރުވެފަ،ގައުމަށް ގައްދާރުތިވަނީ ކަލޭހީކުރީ ކަލޭ ތީމަރުނުވާނެ މީހެއްކަމަށްތަ
ތިކަލޭގެ ހަވަރަށްދީ. އޭރުން ހުންނާނީ ރާކަނިމަސްކެވިފައި.
މޮޔަފުޅުވީތޯ؟