ރޭ ނިއުޕޯޓް އާއި ސިޓީ ބައްދަލު ކުރި މެޗްއިން 4-1 ގެ ނަތީޖާއަކުން މޮޅުވެގެން އެފްއޭ ކަޕްގެ ކުއާޓާ އަށް ސިޓީ ހިނގައްޖެއެވެ.

ނިއުޕޯޓް ވަނީ މި މެޗް ގެ ކުރިން ޖެހިޖެހިގެން 2 މެޗް އަކުން މޮޅުވެ އުއްމީދު މަތިކޮށްފައެވެ. އެހެން ނަމަވެސް ސިޓީ އާ އެކު ކުޅުނު މެޗްގައި ކުރީގެ ނަތީޖާތައް ތަކުރާރު ކުރެވޭ ގޮތެއް ނުވިއެވެ.

ސިޓީ ގެ މެދުތެރެއަށް މިހާރު ކުޅޭ ފިލް ވަނީ މި މެޗްގައި 2 ގޯލް ޖަހާފައެވެ. އަނެއް 2 ގޯލް ޖަހާފައިވަނީ ސޭން އާއި މަހްރޭޒްއެވެ.

ނިއުޕޯޓްގެ ގޯލް ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ކުރިއަށް ކުޅޭ ޕަޑްރެއިޖް އަމޮންޑް އެވެ. ސިޓީ ގެ ތިން ވަނަ ގޯލާއި އެކު ނިއުޕޯޓްގެ އުއްމީދުތައް ނިމުނުއިރު ފުރަތަމަ ފަރާތުގެ ހަތަރުވަނަ ބަރިން ފަހު 8 އަށް ދިއުމުގެ ފުރުސަތުވެސް ވަނީ ގެއްލިފައެވެ.

މި މެޗްގައި ގޯލްތައް ޖަހާފައިވަނީ ދެވަނަ ހާފް ފެއްޓިގެން މާ ގިނައިރުތަކެއްވެސް ނުވަނީހެވެ.

ސިޓީ ގެ ކޯޗް ގާޑިއޯލާ މެޗަށް ފަހު ބުނެފައި ވަނީ އެމީހުން ތިބީ ދެވަނަ ހާފް ގައިވެސް މަޑުމަޑުން ކަމަށާއި ހީވެސް ނުކުރާހާ ރަނގަޅަށް ޓީމް ގެ ކުޅުންތެރިން ކުޅުނު ކަމަށެވެ.

ނިއުޕޯޓް ގެ ކޯޗް ބުނީ އޭނާ ޓީމް ކުޅުނު ގޮތާއި މެދު ވަރަށް ހިތް ހަމަ ޖެހޭކަމަށާއި ހިތް ހަމަ ނުޖެހިފައި އިނީ ސިޓީ އިން ޖެހި ފަހު ދެ ގޯލް ގެ ސަބަބުންކަމަށެވެ.

މި މެޗްގެ މޮޅުކުޅުންތެރިއާއަށް ހޮވިފައި ވަނީ ސިޓީ ގެ މެދަށް ކުޅޭ ފިލް ފޮޑެންއެވެ.